ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 13:07
ސަލްގާޑޯ ރާއްޖެ އައުން
ސަލްގާޑޯ ރާއްޖެ އައުން
އެފްއޭއެމް
މިޝޭލް ސަލްގާޑޯ
އެވޯޑަށާއި، އިންމަގެ މެޗަށް ކުރީގެ ތަރި ސަލްގާޑޯ ރާއްޖެ އައިސްފި
 
ސަލްގާޑޯ ރާއްޖެ އައީ އަންގާރަ ދުވަހު

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އިތުރުން ރާއްޖޭ ގައުމީ ފުޓުބޯޅަ ޓީމުން ކުރީގެ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ރިޓަޔާކުރާ މެޗަށް ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ ރާއްޖެ އައިސްފިއެވެ.

ސަލްގާޑޯ ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް މަރުހަބާ ކިޔާފައިވަނީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ގެ އިތުރުން މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްގެ ފައުންޑަރ ޝިމާޒް އަލީ (ޝިމައްޓެ) އެވެ.

އިންމަ ރިޓަޔާކުރާ މެޗުގައި އިންމަގެ ޓީމަކާއި، އެފްއޭއެމް ޓީމެއް ބައްދަލުކުރާއިރު، ސަލްގާޑޯ ކުޅޭނީ އެފްއޭއެމް ޓީމަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުއެވެ. މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެފްއޭއެމް އަދި އިންމަވެސް އެދެއެވެ.

އެފްއޭއެމް އެވޯޑްސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އެވޯޑުގައި ސަލްގާޑޯގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލު ކީޕަރު ޕީޓާ ޝުމައިކަލްވެސް ބައިވެރިވާނެއެވެ. އިންމަ ރިޓަޔާކުރާ މެޗުގައި އޭނާވެސް ކުޅޭއިރު، އޭނާ ކުޅޭނީ އެފްއެމް ޓީމަށެވެ. ޝުމައިކަލް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
25 ޑިސެންބަރ 2018 | އަންގާރަ 09:42
ޝަރީފާ
ދެން ކޮބާހޭ ދަގަނޑޭގެ މެޗް. ދަގަނޑޭ ހަމަ ފުޓުބޯޅައަށް އެއްކަމެއެްވެސް ނުކޮށްދެނީބާ؟