ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 01:33
ޖޫހީ ޗާވްލާ
ޖޫހީ ޗާވްލާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޖޫހީ ޗާވްލާ ރާއްޖޭގައި
ޖޫހީ ވަނީ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި

ބޮލީވުޑްގެ ތަރި ޖޫހީ ޗާވްލާ އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

އުމުރުން 51 އަހަރުގެ ބަތަލާ ޗުއްޓީ އާއިލާއާއި އެކު ހޭދަކުރަމުންދަނީ ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ.

ޖޫހީ ވަނީ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މީގެ ކުރިންވެސް ޖޫހީ ވަނީ އާއިލާ އާއި އެކު ފޯ ސީޒަންގައި ޗުއްޓީ ހޭދަކޮށްފައެވެ.

މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ މެހެތާއާ ކައިވެނިކޮށްގެން އުޅޭ ބަތަލާއަށް އަށް ވަނީ އަންހެން ދަރިފުޅަކާއި ފިރިހެން ދަރިފުޅެއް ލިބިފައެވެ.

އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ ޖާންވީ މެހެތާ 17،އެވެ. ފިރިހެން ދަރިފުޅަށް ދީފައިވާ ނަމަކީ އަރުޖުން މެހެތާ 15، އެވެ.

މިދިޔަ  ހުކުރު ދުވަހު ރިލީޒްކުރި ޝާހްރުކް ހާންގެ ފިލްމް "ޒީރޯ" ގައި ޖޫހީގެ ޚާއްސަ ފެނިލުމެއް ފެނިގެން ދާނެއެވެ.

ޖޫހީގެ ދެން އަންނަން އޮތް ފިލްމަކީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ.މި ފިލްމުގައި ޖޫހީ ފެނިގެން ދާނީ އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރާއި އެކުގައެވެ.

ޖޫހީ ކުޅެފައިވާ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި "ދަރާރު"، "ޔެސް ބޮސް"، "ޑަރް" އަދި "އިޝްގް" ގެ އިތުރުން ވެސް ގިނަ ފިލްމްތަކެއް ހިމެނެއެވެ.

- ކޮމެންޓް