ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 23:24
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ބާންލީގެ މައްޗަށް އާސެނަލް ކުރި ހޯދައިފި
ބާންލީގެ މައްޗަށް އާސެނަލް ކުރިހޯދީ 1-3 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި ބާންލީގެ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ބާންލީއާ ވާދަކޮށް އާސެނަލުން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެ ޓީމުންނެވެ. އެގޮތުން 14 ވަނަ މިނެޓުގައި އެމެރިކް އޮބަމަޔަންގް ކާމިޔާބު ކުރި ލަނޑުން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ.

އެ ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުން ދިޔައީ އާސެނަލުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ވެސް އެ ޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

އެ ހާފްގައި ބާންލީއަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބާންލީގެ މައްޗަށް އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލުންނެވެ. އެގޮތުން 48 ވަނަ މިނެޓުގައި އޮބަމަޔަންގް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގައި ބާންލީގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބާނެސްއެވެ. އެ ލަނޑަށްފަހު ބާންލީއަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މެޗުގެ އިތުރުވަގުތުގައި އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ އެލެކް ލުވަބީއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު 18 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް