ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 22:33
ބައްސާމް (ވ) އަދި ފީފާގެ ރައީސް އިންފަންޓީނޯ
ބައްސާމް (ވ) އަދި ފީފާގެ ރައީސް އިންފަންޓީނޯ
ޓްވިޓަރ
ފީފާގެ ރައީސް ރާއްޖެއަށް
ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ!
ބައްސާމް އާއި ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ބައްދަލުކުރައްވާފައި

ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފީފާގެ ރައީސް އިންފަންޓީނޯ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ، މި ބައްދަލުވުމުގައި ފީފާ ކައުންސިލުގެ ގޮނޑިއަށް ރާއްޖޭގެ ފަރާތުން ނަން ފޮނުވާފައިވާ މަރިޔަމް މުހައްމަދު (މާޔަން) އަށް ތާއީދު ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަ ގޮތަށް ހަމަޖެހިފައިވާއިރު، އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ހޮނިހިރު ދުވަހު ބައްދަލުކުރެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ލަންޑަނަށް ފުރާވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އޭއެފްސީން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ރައީސް ސޯލިހުގެ ފަރާއްޕުޅުން ޝައިހް ސަލްމާން ރާއްޖެއަށް ވަޑައިގަތުމަށް ރަސްމީ ދައުވަތެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް