ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 22:12
މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލްވައްހާބް (ވ) އަދި ސީއީއޯ ހުސެއިން ޝާފިއު (ކ)
މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލްވައްހާބް (ވ) އަދި ސީއީއޯ ހުސެއިން ޝާފިއު (ކ)
މިހާރު
މާޒިޔާ ސްޕޯޓްސް
މިނިސްޓްރީން އެކުލަވާލި ކޮމިޓީގެ މަގްސަދާމެދު މާޒިޔާ އިން ސުވާލު އުފައްދައިފި
ކޮމިޓީގެ މަގްސަދާމެދު ކަންބޮޑުވާ ކަމަށް ވަނީ ބުނެފައި

ޔޫތް މިނިސްޓްރީން އެކުލަވާލާފައިވާ ފެކްޓް ފައިންޑިން ކޮމިޓީގެ މަގްސަދާމެދު ސުވާލު އުފެދޭ ކަމަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސުވާލު އުފައްދައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓްގައި ވަނީ އޭއެފްސީ ކަޕްގައި ދިވެހި ކްލަބްތަކަށް ބައިވެރިނުވެވުނު ސަބަބު ހޯދައި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް ފެކްޓް ފައިންޑިން ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް ބުދަ ދުވަހު މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކޮމެޓީން ބަލާނީ ދައުލަތުން ފުޓުބޯޅަ އަށް ހަރަދުކުރި ފައިސާއަށް ވީގޮތް ކަމަށެވެ.

އެގޮތުން މާޒިޔާ އިން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ބުނީ، ޔޫތް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޓީގެ މަގްސަދު އޮޅިފައިވާ ކަމަށާއި، ކޮމިޓީގެ މަގްސަދާމެދު ކަންބޮޑުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން ބުނީ ޒިންމާދާރުކަން ކުޑަގޮތަށް އެކިފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު މަހުލޫފް ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި، އެސޯސިއޭޝަންގެ ހައިބަތައް އުނިކަން އަންނަމުންދާ ކަމަށެވެ.

ޔޫތު މިނިސްޓްރީން އެކުލަވާލި ކޮމިޓީއާ ގުޅިގެން އޭއެފްސީގައި އެފްއޭއެމުން ލަފައަކަށް އެދުމުން އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި، ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް މިނިސްޓަރު މަހުލޫފް ބުދަ ދުވަހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، އެފްއޭއެމްގެ ތެރެއަށް މިނިސްޓްރީން ނުވަންނަ ކަމަށާއި، އެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އޭއެފްސީ އާއި ފީފާއިން ރާއްޖެއަށް ފިޔަވަޅެއް ނާޅާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް