ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 09:21
ނައިބު ރައީސް ފައިސަލް، ހދ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ
ނައިބު ރައީސް ފައިސަލް، ހދ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް
ނައިބު ރައީސް ހދ. އަތޮޅުގެ ތިން ރަށަަކަށް
މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ބައިވެރިވެވަޑައިގަންނަވާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހދ. އަތޮޅަށް ވަޑައިގެންފި އެވެ.

އެ މަނިކުފާނު ބުރާސްފަތި ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، މިއަދު ހެނދުނު ނޮޅިވަރަމްއަށް ވަނީ ވަޑައިގެންފަ އެވެ. އަދި މިއަދު ހަނިމާދޫއަށް ވަޑައިގަންނަވާނެ އެވެ. 

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ އެކި މުޢައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތާނގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވާލައްވާނެ އެވެ. 

 

އެ މަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެން އަތޮޅު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވެވި އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ހުޅުއްވައިދެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަނުގެ ޙާލަތު ބައްލަވައިލައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ޒުވާނުންނާ ބައްދަލުކުރައްވައި ޒުވާނުންނަށް ދިމާވާ އެކި އެކި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ނައިބު ރައީސް މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ އެވެެ.

މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ބައިވެރިވެވަޑައިގަންނަވަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް