ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 19:50
މެސުތް އޮޒިލް
މެސުތް އޮޒިލް
ގޫގުލް
އޮޒިލްގެ އެއްބަސްވުން
އޮޒިލްގެ އެއްބަސްވުން އާކުރަން އާސެނަލްއިން މަސައްކަތް ފަށައިފި
އޮޒިލްގެ މިހާރުގެ އެއްބަސްވުން ހަމަވާނީ 2021 ގައި

އާސެނަލްއަށް ކުޅެމުން އަންނަ މެސުތް އޮޒިލްގެ އެއްބަސްވުން އާކުރަން އާސެނަލް އިން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އިންޑިޕެންޑެންޓުން ބުނީ އޮޒިލްގެ އެއްބަސްވުން އާކުރަން އާސެނަލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއްބަސްވުން އާކުރަން އާސެނަލްއިން މަސައްކަތް ފަށާފައިވަނީ ގިނަ ކްލަބްތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އޮޒިލްގެ އެއްބަސްވުން އާސެނަލްއިން އާކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ. މިހާރުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފްތާއެއްގެ މައްޗަށް 350،000 ޕައުންޑު ލިބެއެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި އޮޒިލް ވަނީ ވާޑަބްރޭމަން އަދި ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ. އޭނާ އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ.

އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް ކުޅުނު 210 މެޗުގައި 41 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމާއެކު ތިން އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ރެއާލް މެޑްރިޑާއެކު ލަލީގާ އާއި ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައިވާ އޮޒިލް ވަނީ ރެއާލްގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް ކުޅުނު 159 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައިވާ އޮޒިލް ވަނީ އެޓީމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން 2009 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް