ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 19:51
ޔޫތް މިނިސްޓަރު މަހްލޫފް
ޔޫތް މިނިސްޓަރު މަހްލޫފް
ރައީސް އޮފީސް
ޔޫތު މިނިސްޓަރު މަހުލޫފް
އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވަނީ!
މަހްލޫފް އާއި ޝައިހް ސަލްމާން ބައްދަލުކުރައްވާނީ ހޮނިހިރު ދުވަހު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހު ލަންޑަނުގައި އޮންނަ މި ބައްދަލުވުމަކީ ސީދާ ޝައިހް ސަލްމާންގެ އެދުމުގެ މަތިން އަދި އޭނާގެ ދައުވަތަކަށް މަހްލޫފް ކުރައްވާ ބައްދަލުވުމެކެވެ..

މަހްލޫފް ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އޭއެފްސީން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށާއި، އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާއްޕުޅުން ޝައިހް ސަލްމާން ރާއްޖެއަށް ވަޑައިގަތުމަށް ރަސްމީ ދައުވަތެއް ހުށަހަޅުއްވާނެ ކަމަށެވެ.

މަހުލޫފް އާއި ޝައިހް ސަލްމާންގެ ބައްދަލުވުމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފީފާ ކައުންސިލްގެ ގޮނޑިޔަށް ނަން ފޮނުވާފައިވާ މަރިޔަމް މުހައްމަދު (މާޔަން) އަށް ތާއީދު ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ކާމިޔާބު ދަތުރަކަށް އެދޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝައިހް ސަލްމާން އާއި މަހުލޫފް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހުނީ މަހުލޫފް އާއި އެފްއޭއެމްއާ ދެމެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އެފްއޭއެމް އާއި އޭއެފްސީއާ ދެމެދުވެސް ވަނީ މައްސަލަތަކެއް ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް