ސޮނީ ޓީވީން މިހާރު ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ ބޭހަދްގެ ލީޑް އެކްޓްރެސް ޖެނިފާ ވިންގެޓު ދެކެ ލޯބިވާކަމަށް ސްޓަރ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާއެއްގައި މަސައްކަތް ކުރަމުން އަންނަ ތަރިއަކު ހާމަކޮށްފި އެވެ.
މީގެ ކުރިން އެކްޓަރ ކަރަން ސިންގ ގްރޯވާއާއި ކައިވެނިކޮށްގެން އުޅުމަށްފަހު މީގެ ދެ އަހަރު ކުރިން ކައިވެނި ރޫޅުނު ޖެނިފަރ ވަނީ ކަރަންއާއި މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫގެ ކައިވެންޏަށް މަރުޙަބާ ކިފާއެވެ.
ކޮންމެއަކަސް މީގެ ތިން ދުވަސް ކުރިން ޓުވިޓާގައި ސްޓަރ ޕްލަސްގެ އެންމެ މަޝްހޫރު ސީރީސް ކަމަށްވާ މުހައްބަތޭންގައި އެއް ތަރި ކަމަށްވާ އަލީ ގޯނީ ވަނީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލާފައެވެ.
އަލީގޯނީ ފުލުފުލުގައި ކުރި ޓުވީޓްތަކަށްފަހު ލިޔެފައިވަނީ ޖެނިފާ ވިންގެޓްއަކީ އޭނާ އެންމެ ކުޑައިރުވެސް ލޯބިވާ މީހެއް ކަމަށާއި އެއް ދާއިރާއެއްގައި މަސައްކަތް ކުރާއިރުވެސް ދުވަހަކުވެސް ދިމާވެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ޖެނިފާ އަކީ އަބަދުވެސް އޭނާ ލޯބިވާނެ މީހެއް ކަމަށް އަލީވަނީ ޓުވީޓްކޮށްފައެވެ.
މީޑިޔާތަކުން މިހާރު ބަލަމުންދަނީ ޖެނިފާ މިކަމާއި ގުޅިގެން ދޭނެ ޖަވާބަކަށެވެ.
ދާދި ފަހުން ވަނީ ޖެނިފާ މިހާރު ކުޅެމުންދާ ބޭހަދްގެ ސެޓްގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. މިހާދިސާއިން އޭނާ ސަލާމަކޮށްފައިވަނީ އެ ސީރީސްގެ ލީޑް އެކްޓަރ ކުޝަލް އެވެ. ޖެނިފާ ވަނީ މިހާދިސާއިން އޭނާ ސަލާމަތްކޮށްދިން ކަމަށްޓަކައި ކުޝަލްއަށް ޝުކުރު އަދާކޮށްފައެވެ.