ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:05
އަލް އައިން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
އަލް އައިން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ކްލަބް ވޯލްޑްކަޕް
ކްލަބް ވޯލްޑްކަޕް: ރިވާ ޕްލޭޓް ސިއްސުވާލުމަށްފަހު، އަލް އައިން ސެމީއަށް
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެން

ކްލަބް ވޯލްޑް ކަޕްގައި ރިވާ ޕްލޭޓް ސިއްސުވާލުމަށްފަހު، ޔޫއޭއީގެ އަލް އައިން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ރިވާ ޕްލޭޓް އަދި އަލް އައިން ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރުވެސް ދެޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އަލް އައިނުން ވަނީ 4-5 ގެ ނަތީޖާއިން ރިވާ ޕްލޭޓް ބަލިކޮށްފައެވެ.

ޔޫއޭއީގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އަލް އައިނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާޖްއެވެ. މި ލަނޑަށްފަހު ރިވާ ޕްލޭޓުން ވަނީ ކުޅުނު ރަނގަޅުކޮށް 11 ވަނަ މިނެޓުގައި ބޯރޭ ކާމިޔާބުކުރި ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑަށްފަހުވެސް ރިވާ ޕްލޭޓުން ދިޔައީ އަލް އައިންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 16 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް ބޯރޭއެވެ.

ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން އަލް އައިންގެ މައްޗަށް ރިވާ ޕްލޭޓް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އަލް އައިނުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ރިވާ ޕްލޭޓްގެ ގޯލަށް ފޮނުވާލާފައެވެ.

މި ހާފްގައި ރިވާ ޕްލޭޓަށްވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އަލް އައިނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 51 ވަނަ މިނެޓޫގައި ސިއާއޯ ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު 2-2 ގެ ނަތީޖާއިން އެއްވަރުވުމުން ކުޅުނީ 15 މިނެޓުގެ ދެހާފެވެ. އެ މުއްދަތުގައިވެސް ލަނޑެއް ކާމިޔާބުނުކުރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ.

އެގޮތުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ރިވާ ޕްލޭޓަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ. އެހެންނަމަވެސް އަލް އައިނުން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

އަލް އައިނަކީ ޔޫއޭއީގެ އެންމެ ކާމިޔާބު ކްލަބެވެ. އެޓީމު ވަނީ 13 ޑޮމެސްޓިކް ލީގާއި، ހަތް ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން ފަސް ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ސެމީގައި ރިވަޕްލޭޓް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް އާއި ކަޝިމާ އެންޓްލާސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ރެއާލް އަދި ކަޝިމާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ 21:30 ގައެވެ.

މުބާރާތުގެ ފުރަތަމަ ސެމީން ރިވާ ޕްލޭޓް ބަލިވިޔަސް އެޓީމަށް ދެވަނަ ސެމީ ކާމިޔާބުކޮށްގެން ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް