ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 11:47
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
އިނގިރޭސި ލީގް ކަޕް
ލީގް ކަޕް: ޕެނަލްޓީ ޖަހައިގެން ލެސްޓާ ބަލިކޮށް ސިޓީ ކުއާޓާ އަށް
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެން

 

ލީގް ކަޕްގައި ޕެނަލްޓީ ޖަހައިގެން ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ސިޓީ އަދި ލެސްޓާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 1-3 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ސިޓީ ވަނީ ކުރިހޯދާފައެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ސީޓީންނެވެ. އެގޮތުން އެޓީމުން ވަނީ 14 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީއެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ. އެހެންނަމަވެސް ލެސްޓާ އިން ވަނީ ސިޓީގެ ހަމަލާތައް ފަހުން ދިފާއުކޮށްފައެވެ.

މި ހާފްގައި ލެސްޓާ އަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ލެސްޓާ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އެޓީމުން ތަނަވަސްކުރިއެވެ.

ލެސްޓާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްބްރައިޓަންއެވެ. އެޓީމަށް ވަނީ ލީޑު ނެގުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ޖެހި ޕެނަލްޓީގައި ލެސްޓާގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބުކުރީ މެގުއާއެވެ. ލެސްޓާގެ ފުޗެސް އާއި މެޑިސަން އަދި ސޮޔުންސޫ ފޮނުވާލި ޕެނަލްޓީ ކާމިޔާބުނުކުރެވެއެވެ. ސިޓީގެ ޕެނަލްޓީތައް ކާމިޔާބުކުރީ ގުންޑަގަން އާއި ގެބްރިއަލް ޖީސަސް އަދި ޒިންޗެންކޯއެވެ. ސިޓީގެ ހަމައެކަނި ކާމިޔާބުނުވާ ޕެނަލްޓީ ޖެހީ ރަހީމް ސްޓާލިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް