ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 08:21
ޑޯޓްމަންޑް އަދި ޑަސެލްޑޯފް ބައްދަލުކުރި މެޗުގެ ތެރެއިން
ޑޯޓްމަންޑް އަދި ޑަސެލްޑޯފް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ބުންޑަސްލީގާ
ބުންޑަސްލީގާ: ސީޒަނުގައި ފުރަތަމަ ފަހަރަށް ޑޯޓްމަންޑް ބަލިވެއްޖެ
ޑޯޓްމަންޑް ބަލިވީ ޑަސެލްޑޯފް އަތުން 1-2 ގެ ނަތީޖާއަކުން

މި ސީޒަނުގައި ބުންޑަސްލީގާގެ ފުރަތަމަ މެޗުން ބްރޫޝިއާ ޑޯޓްމަންޑް ބަލިވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ފޯޓޫނާ ޑަސެލްޑޯފްއާ ވާދަކޮށް ޑޯޓްމަންޑް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ޑަސެލްޑޯފް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ޑޯޓްމަންޑުންނެވެ. އެގޮތުން އެޓީމުން ދިޔައީ ޑަސެލްޑޯފްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

އެހެން ނަމަވެސް ޑޯޓްމަންޑުން ރަނގަޅަށް ކުޅެމުން ދަނިކޮށް 22 ވަނަ މިނެޓުގައި ޑަސެލްޑޯފް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކްބަކިއޯއެވެ.

މި ލަނޑާއެކު ޑޯޓްމަންޑުން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއެވެ. އެހެންނަމަވެސް މުޅި މެޗުގައިވެސް މޮޅު ޑީފެންސެއް ކުރި ޑަސެލްޑޯފް އިން ވަނީ ޑޯޓްމަންޑްގެ ހަމަލާތައް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޑޯޓްމަންޑްގެ މައްޗަށް ޑަސެލްޑޯފް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޑަސެލްޑޯފް އިން ވަނީ އެޓީމުގެ އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒިމާއެވެ.

މެޗުގެ ފަހު 20 މިނެޓު ތެރޭގައި ޑޯޓްމަންޑްގެ ފަރާތުން ގިނަ ހަމަލާތައް ފެނިގެންދިޔައެވެ. އެގޮތުން 81 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަކޯ އަލްކަސާއެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް އޮތީ ކުޅުނު 16 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން މޮޅުވި ޑަސެލްޑޯފް އޮތީ ކުޅުނު 16 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް