ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 08:22
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ މޮޗެޓީނޯ
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ މޮޗެޓީނޯ
ޓްވިޓަރ
މައުރީސިއޯ މޮޗެޓީނޯ
ޕޮޗެޓީނޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ!
ޕޮޗެޓީނޯގެ އެއްބަސްވުން ހަމަވާނީ 2023 ގައި

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ މޮޗެޓީނޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަންގާރަ ދުވަހު ޔުނައިޓެޑުގެ ކޯޗުކަމުން ހޯޒޭ މޮރީނިއޯ ވަކިކޮށްފައިވާއިރު، އެޓީމުގެ ކޯޗުކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޕޮޗެޓީނޯއެވެ.

ރިޕޯޓްތައް ބުނާގޮތުން 40 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ ގެންނަން އެ ކްލަބުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން މި ސީޒަނަށްފަހު ޕޮޗެޓީނޯ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕޮޗެޓީނޯ ވަނީ މި އަހަރުގެ މެއި މަހު ޓޮޓެންހަމްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އާކޮށްފައެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރެވެ.

އެސްޕަނިއޯލް އާއި ސައުތްހެމްޓަންއަށް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 243 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން 137 މެޗުން އެޓީމު މޮޅުވިއިރު، 53 މެޗުން ވަނީ ބަލިވެފައެވެ. އަނެއް 53 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އެސްޕަނިއޯލް އާއި ޕީއެސްޖީއަށް ކުޅެފައިވާ ޕޮޗެޓީނޯ ވަނީ އާޖެންޓީނާ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި އެސްޕަނިއޯލްއާއެކު ދެފަހަރެއްގެ މަތިން ކޮޕަޑެލްރޭ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް