ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 22:50
ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ
ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ
ގެޓީ އިމޭޖަސް
ހޯޒޭ މޮރީނިއޯ
ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
މޮރީނިއޯ ވަކިކުރީ ޔުނައިޓެޑުން ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ހޯޒޭ މޮރީނިއޯ ވަކިކޮށްފިއެވެ.

ޔުނައިޓެޑަށް ދެ އަހަރާއި ބައިގެ މުއްދަތަށް ކޯޗުކޮށްދީފައިވާ މޮރީނިއޯ ކޯޗުކަމުން ވަކިކުރީ އެ ކްލަބް ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތް މެޗުންނެވެ. ބާކީ ފަސް މެޗުން ބަލިވިއިރު، އަނެއް ފަސް މެޗުން ވަނީ އެއްވަރުވެފައެވެ. ޕޮއިންޓް ތާވަލުގައި އެޓީމު އޮތީ ހަވަނައިގައެވެ.

ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ޔުނައިޓެޑާ ދެމެދު 19 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.

މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެޓީމު އެންމެ ދަށް ފެށުމެވެ. 2016 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވެ، މޮރީނިއޯ ވަނީ އެސީޒަނުގައި ލީގު ކަޕާއި، ޔޫރޮޕާ ލީގް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އެ ސީޒަން މެންޗެސްޓަރ އިން ނިންމާލީ 6 ވަނައިގައި އޮވެގެންނެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެޓީމު ވަނީ ލީގުގެ 2 ވަނަ ހޯދާފައެވެ. ލީގުގެ 1 ވަނަ ހޯދީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ އަށް ނިސްބަތްވާ އަނެއް ކްލަބްކަމަށްވާ މެންޗެސްޓަރ ސިޓީއެވެ.

ސަރ އެލެކްސް ފާގަސަން އާއި ސަރ މެޓް ބުސްބީގެ ފަހުން ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި އެންމެ ގިނަ ދުވަހު ދެމިހުރި ކޯޗަކީ ރޮން އެޓްކިންސަންއެވެ. އެގޮތުން ފާގަސަން 27 އަހަރު ޔުނައިޓެޑްއަށް އިރުޝާދު ދިން އިރު ބުސްބީ ވަނީ 24 އަހަރު އެ ޓީމަށް އިރުޝާދު ދީފައެވެ. ހަމައެހެންމެ އެޓްކިންސަން ވަނީ ފަސް އަހަރާއި ފަސް މަސްދުވަހު އެ ޓީމަށް އިރުޝާދު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް