ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 20:02
މި ސީޒަން ފެށުމުގެ ގޮތުން ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން
މި ސީޒަން ފެށުމުގެ ގޮތުން ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
ވިކްޓްރީ ސްޕޯޓްސް ކްލަބް
ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ވިކްޓްރީގެ ޗެއާމަން އިންތިހާބު ކުރަން ވަނީ ނިންމާފައި

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ބޯޑުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އިންތިހާބު މި މަހު 22 ގައި ބޭއްވުމަށް އެ ކްލަބުން ނިންމައިފިއެވެ.

ވިކްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކްލަބުގެ އާންމު ޖަލްސާއެއް މި މަހު 22 ވާ ހޮނިހިރު ދުވަހު ގަލޮޅު މަދުރަސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ކްލަބުގައި ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

އެގޮތުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 3 ޖަހަންދެން ހުޅުވާލާފައިވާ ކަމަށާއި، އެ މުއްދަތުގައި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން އެ ކްލަބުގެ އީމެއިލް [email protected] އަށް ނުވަތަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ހުންނަ އެ ކްލަބުގެ އޮފީހަށް ސިޓީ ފޮނުވުމަށް އެދޭ ކަމަށެވެ.

ވިކްޓްރީގެ ބޯޑުން ހުސްވެފައިވަނީ ޗެއާމަންގެ މަގާމާއި، ވައިސް ޗެއާމަން (ފައިނޭންސް އެންޑް މާކެޓިން) ގެ މަގާމާއި، ވައިސް ޗެއާމަން (ސްޕޯޓްސް އެންޑް ޓެކްނިކަލް) ގެ މަގާމެވެ. އަދި 10 ބޯޑު ޑިރެކްޓަރުންނަށް މީހުން އަލުން އިންތިހާބުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މާލީ ގޮތުން މި އަހަރު އަޑިއަޅާލާފައިވާ ވިކްޓްރީއަށް މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ލިބިފައިވަނީ 10 ޕޮއިންޓެވެ. އެޓީމު ލީގު ނިންމާލީ ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

މިފަހަރު ލީގުގައި އެޓީމު 16 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ދެ މެޗަށް އެޓީމު ހާޒިރުވެފައި ނުވެއެވެ.

މި ސީޒަން ފެށިއިރު، ވިކްޓްރީގެ ޗެއާމަން އަކީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. ވައިސް ޗެއާމަން އަކީ ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. މި ދެ ބޭފުޅުން މަގާމަށް އިންތިހާބުވީ މި އަހަރުގެ މާޗު މަހުއެވެ. އެހެންނަމަވެސް ޓީމަށް ފައިދާތަކެއް ހޯދައި ނުދެވި ދެބޭފުޅުންވެސް ވަނީ މިދިޔަ އޮކްޓޫބަރު މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް