ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 20:09
ބާސާއަށް ކުޅެމުން އަންނަ ޑެނިސް ސުއަރޭޒް
ބާސާއަށް ކުޅެމުން އަންނަ ޑެނިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ޑެނިސް ސުއަރޭޒް
ސުއަރޭޒަށް އާސެނަލްއިންވެސް ޝައުގުވެރިވެއްޖެ
ސުއަރޭޒް ވިއްކާލަން ބާސާ ބޭނުންވޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ޑެނިސް ސުއަރޭޒަށް އާސެނަލް އިންވެސް ޝައުގުވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އިންޑިޕެންޑެންޓުން ބުނީ ޗެލްސީންވެސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ސުއަރޭޒަށް އާސެނަލްއިން ޝައުގުވެރިވާ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް އޭނާ ހޯދުމަށް އާސެނަލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 24 އަހަރުގެ ސުއަރޭޒް ގެންނަން ޗެލްސީން ބޭނުން ވަނީ އެ ކްލަބަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭސީ މިލާނަށް ވިއްކާލުމަށް ފަހު އޭނާގެ ރިޕްލޭސްމަންޓަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒް ވިއްކާލަން ބާސާ އިން އޮތީ ތައްޔާރަށެވެ. އެގޮތުން އޭނާ ވިއްކާލުމަށް ބާސާ އިން ބޭނުންވަނީ 14 މިލިއަން ޕައުންޑަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާ ސިޓީން 2011 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ސުއަރޭޒް ވަނީ ސެވިއްޔާ އަދި ވިޔަރެއާލް އަށް ކުޅެފައެވެ. އޭނާ ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 68 މެޗުގައި 8 ލަނޑުވެސް ކާމިޔާބުކޮށްފައެވެ.

ބާސާއާއެކު ސްޕެނިޝް ލަލީގާ އެއްފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައިވާ ސުއަރޭޒް ވަނީ ސެވިއްޔާއާއެކު ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސުއަރޭޒް ވަނީ ސްޕެއިންގެ އުމުރުފުރާތަކުގެ ޓީމުތަކުގެ އިތުރުން ސީނިއާ ޓީމަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް