ކ. މާލެ
|
14 ޑިސެންބަރ 2018 | ހުކުރު 07:31
މެންގް ވަންގްޒޫ ވަކާލާތުގެ ދަށުން މިނިވަން ވުމަށްފަހު ކޯޓު ބޭރުގައި
މެންގް ވަންގްޒޫ ވަކާލާތުގެ ދަށުން މިނިވަން ވުމަށްފަހު ކޯޓު ބޭރުގައި
ގޫގުލް
ވާވޭ ސީއެފްއޯ
ވާވޭ އާއި މެދު އަހަރެން ފަހުރުވެރިވޭ : މެންގް ވަންޒޫ
ތާއިދު ކުރާ އެންމެންަށް ޝުކުރު އަދާކޮށްފައި

ވާވޭ ކުންފުންޏާއިމެދު ފަހުރުވެރިވާ ކަމަށް ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ބުނެފިއެވެ.

އުމުރުން 46 އަހަރުގެ ވަންގް މިހެން ބުނެފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ވުމަށް ފަހު އޭނާގެ ވީ ޗެޓްގައި ޗައިނާ ބަހުން ލިޔުނު ލިޔުމެއްގައެވެ.

"އަހަރެން ވާވޭއާ މެދު ފަހުރުވެރިވޭ. އަދި އަހަރެންގެ އުފަން ގައުމު (ޗައިނާ) އާ މެދުވެސް ފަހުރުވެރިވޭ،" މެންގް ވީޗެޓްގައި ލިޔުނެވެ.

ކަފާލާތުގެ ދަށުން މިނިވަންވުމުން އެކަމުގެ އުފާ ފާޅުކުރަމުން ވަންގް ވީޗެޓް ގައި އިތުރަށް ލިޔުނީ އޭނާ މިހާރު ހުރީ ވެންކޫވާގައި އޭނާގެ އާއިލާގެ މީހުންނާ އެކު ކަމަށެވެ. އޭނާއަށް ތާއިދު ކުރާ އެންމެންނަށް ވަންގް ވަނީ ޝުކުރު އަދާކޮށްފައިއެވެ.

ވާވޭ ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވަންގް ކަފާލާތުގެ ދަށުން ދޫކޮށްލީ 7.4 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުން ކަމަށް ކެނެޑާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހުއެވެ.  

އޭގެ ތެރޭގައި އޭނާ ގެންގުޅޭ ދެ ޕާސްޕޯޓް ކޯޓަށް ހަވާލުކުރުމުގެ އިތުރުން ފުލުހުން ދީފައިވާ އިލެކްޓްރޯނިކް ޓެގް ބްރެސްލެޓް އަޅައިގެން އުޅުމަށް ވަނީ ފުލުހުން އޭނާ އަށް ޝަރުތު ކޮށްފައިއެވެ

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ކޯޓުން ވަންގް މިނިވަން ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ އަށެއް ޖެހިއިރު ކަމަށް ކޯޓު ބޭރުގައި ތިބި ނޫސްވެރިންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މެންގް ހައްޔަރު ކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ވެންކޫވާ އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން އިރާނާއި ވިޔަފާރި ކުރިކަމުގެ ތުހުމުތުގައިއެވެ. އެމެރިކާއިން ދަނީ އެމެރިކާއާ ވަންގް ހަވާލުކުރުމަށް ކެނެޑާގައި އެދެމުންނެވެ. ވަންގް ހައްޔަރު ކުރުމާއިއެކު ޗައިނާއިން ދަނީ އޭނާ ދޫކުރުމަށް ކެނެޑާއަށް ގޮވާލަމުންނެވެ.

ޗައިނާއިން ވަނީ މި ހަފްތާ ތެރޭގައި ކެނެޑާގެ ޑިޕޮލްމެޓެއްގެ އިތުރުން ވިޔަފާރިވެރިޔަކުވެސް ހައްޔަރު ކޮށްފައިއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ޝައްކު ކުރެވޭތީ ކަމަށް ޗައިނާ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް