ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 23:10
ޓީރެކްސް އިން ގައުމީ ބާސްކެޓް ލީގުގެ ތަށި އުފުލާލުން
ޓީރެކްސް އިން ގައުމީ ބާސްކެޓް ލީގުގެ ތަށި އުފުލާލުން
ހާފް ކޯޓް މޯލްޑިވްސް
ގައުމީ ބާސްކެޓް ލީގު
ގައުމީ ބާސްކެޓް ލީގު: ކިންގްސް ބަލިކޮށް ޓީރެކްސް ތަށި އުފުލާލައިފި
ކިންގްސްގެ މައްޗަށް ޓީރެކްސް ކުރިހޯދީ 69-74 އިން

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ކިންގްސްއާ ވާދަކޮށް ޓީރެކްސް އިން މެޗު ކާމިޔާބުކުރީ 69-74 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުގައި ޓީރެކްސް އަތުން ކިންގްސް ވަނީ މޮޅުވެފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސް އަށް ކުޅެމުން އަންނަ ބޮސްނިއާގެ އޭއަމިން ޖޭޒްވިންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބްގެ ސްލޮވާކިއާ ކުޅުންތެރިއާ ރިލްވާން ބަކާރޭ އާއި ކިންގްސްގެ އެމެރިކާ ކުޅުންތެރިއާ މައިކް ފޭ އާއި ރެޕްޓާސްގެ ސާބިއާ ކުޅުންތެރިއާ މިލޯރޮޑް އާއި ކިންގްސްގެ މުހައްމަދު ޒިލާލް އަދި ރެޕްޓާސްގެ މަފާޒް މުހައްމަދު އެވެ.

ގައުމީ ބާސްކެޓް ލީގު މިފަހަރު ޓީރެކްސް އިން ހޯދާފައިވާއިރު، މިދިޔަ އަހަރު މި މުބާރާތް ހޯދީ ކިންގްސްއެވެ. މިއީ ޓީރެކްސް އިން މި އަހަރު ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. އެޓީމުން ވަނީ މި އަހަރު ބޭއްވި އެމްބީއޭ ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ.

އެގޮތުން ގައުމީ މުބާރާތް ކާމިޔާބުކޮށް، ތިން ތައްޓާއެކު މި އަހަރު ނިންމާލުމުގެ ފުރުސަތު ޓީރެކްސް އަތުގައި އެބައޮތެވެ. އެހެންނަމަވެސް ގައުމީ މުބާރާތަށް ކިންގްސް އިންވެސް ވަނީ އަމާޒު ހިފާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް