ސިފައިންގެ އިސް މަޤާމަގެއްގައި ހުރި އޮފިސަރަކު ފުލުހެއްގެ އަނބިމީހާ ކައިރިއަށް ވަދެ އޮއްވާ އަންހެން މީހާގެ ފިރިމީހާ ގޮސް ނެރުނު މައްސަލައިގެ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދައިފި އެވެ.
މިކަން ހިނގާފައިވަނީ މިއަހަރުގެ ޖެނަރުއަރީ މަހުގެ 16 ވަނަ ދުވަހު ރެއެވެ.
ރާއްޖެއެމްވީއަށް އިތުބާހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ސިފައިންގެ އޮފިސަރު ނެރެފައިވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގައި މަސައްކަތްކުރާ ފުލުހެއްގެ އަންބިހާގެ ކައިރީގައި އޮއްވާ އެ ފުލުސް މީހާ އާއި އިތުރު ބަޔަކު ގޮހެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ނަމަ ފުލުހުންގެ އިދާރާއިން އެކަމެއް ބަލާނެ ކަމަށެވެ. ނަމަވެސް އުސޫލެއްގެ މަތިން ފުލުހުންގެ އެތެރޭގައި އެފަދަ މައްސަލައެއް ބަލަމުން ދިޔަޔަސް މީޑީއާއަށް އެމައުލޫމާތު ހިއްސާނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިވަކި ފުލުހުންނާ ގުޅޭ ގޮތުން އަޅާ އިދާރީ ފިޔަވަޅުތަކާއި ފުލުހުންނާ ގުޅިގެން އެ މުއައްސަސާ އިން އިދާރީ ގޮތުން ބަލަމުންދާ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރުމަކީ އަމަލު ކުރަމުން އަންނަ އުސޫލެއް ނޫން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ފުލުހަކާ ގުޅޭ އެއްވެސް ކަމެއް ހިނގައިފައިވާ ނަމަ އެކަމެއް ބަލާނެ ކަމަށް މީޑީއާ އޮފިސަރު ވިދާޅުވިއެވެ.
މިމައްސަލަގައި އެމްއެންޑީއެފް ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެނފިފައިވާ ގޮތުގައި އެސްއޯގައި މަސައްކަތްކުރާ އެ ފުލުސް މީހާގެ އަންހެނުންނަކީ ވެސް ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މީހެކެވެ. އަދި ސިފައިންގެ މީހާއަކީ ފަސްޓްލެފްޓިނެންޓެއްގައި މަޤާމުގައި ހުރި އޮފިސަރެކެވެ. އެމީހުން ވަނަވަރާއި ރޭންކު އެނޫން ވެސް މައުލޫމާތު އިތުބާރު ހުރި ގޮތެއްގައި ކަށަވަރުވެފައި ވިޔަސް "އަބުރު ރައްކާތެރިކުރުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ" ގާނޫނު އެ މައުލޫމާތުތައް ހިއްސާކުރުމަށް ހުރަސް އަޅައެވެ.
ރާއްޖެއެމްވީއަށް ކަށަވަރުވެފައިވާ ގޮތުގައި އެސްއޯ ފުލުހުންގެ މީހާއަކީ ސްޓާފް ސާޖަންޓެކެވެ. އޭނާގެ އަންހެނުންނަކީ ފުލުހުންގެ ޕޮލްކޯގެ ބޯޑު މެންބަރެކެވެ. އެއީ ސްޓޭޝަން އިންސް ޕެކްޓަރެއްގެ މަޤާމުގައިހުރި އަންހެން ފުލުހެކެވެ.
އަންހެން މީހަ ކައިރީގައި އޮއްވާ ނެރުނު ފަސްޓް ލެފްޓިނެންޓެއްގެ މަޤާމުގައި ހުރި ސިފައިންގެ އޮފިސަރަކީ ސިފައިންގެ ޓްރާންސްޕޯޓް ޔުނިޓްގެ އިސް މަޤާމެއްގައި ވެސް ހުރި މީހެއް ކަމަށް އެނގިފައި ވެއެވެ. އެސްއޯ ފުލުސް މީހާއަކީ ގދ. ތިނަދޫ މީހެކެވެ. އަންހެން މީހާއަކީ ފުވައްމުލަކު މީހެކެވެ. އަދި ސިފައިން އޮފިސަރަކީ ފ. ނިލަންދޫ މީހެކެވެ.
ސިފައިންގެ އޮފިސަރު ނެރިފައިވަނީ ފުލުހުންގެ މީހާ ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓްގެ ތެރެއިންނެވެ. އަދި ސިފައިންގެ އޮފިސަރު ނެރުނުއިރު އެސްއޯ ފުލުސް މީހާގެ އިތުރުން އިތުރު 3 މީހުންވެސް ތިއްބެވެ. ފުލުހުންގެ މީހާ އެތަނަށް ގޮސްފައިވަނީ އޭނާގެ އަނބިމީހާ ސިފައިންގެ އޮފިސަރަކު ވައްދައިގެން އުޅޭކަން އެނގިގެންނެވެ.
މި މައުމޫލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވާ ގޮތުގައި އެވަގުތު ފުލުހުސް މީހާގެ އިތުރުން ދެންތިބީ ދެ ފުލުހަކާއި އާންމުންގެ މީހެކެވެ. ނަމަވެސް އެމީހަކީ ވެސް ކުރިން ފުލުހުންގެ އިދާރާގައި މަސައްކުރި މިހާރު ވަކިވެފައިވާ މީހެކެވެ. އެވަގުތު އެތަނުގައި ކުޑަ ހަމަނުޖެހުމެއް ހިނގި ކަމަށާއި އެކަން ހުއްޓުވީ އެސްއޯ ފުލުސް މީހާކަން އެނގިފައި ވެއެވެ.
ސިފައިންގެ އޮފިސަރެއް ފުލުހެއްގެ އަނބިމީހާ ގާތަށް ވަދެ އޮއްވާ ނެރުނު ނަމަވެސް އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. މައްސަލަ ފުލުހުންނަށް ރިޕޯޓް ނުކުރި ސަބަބެއް ނޭނގެއެވެ. ނަމަވެސް ރާއްޖެއެމްވީއަށް ކަށަވަރުވެފައިވާ ގޮތުގައި އެވާހަކަ މީޑީއާގައި ފެންމަތިވުމުން ފުލުހުންގެ އިދާރާގެ "ޕްރޮފެޝަނަލް ސްޓޭންޑަރސް" ޑިޕާޓްމަންޓުން އެ ދެ ފުލުހުން ވެސް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
އެ ދެ މީހުންނާ ސުވާލުކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މައުލޫމާތު ހިއްސާކުރި ފަރާތުން ބުނި ގޮތުގައި "ޕްރޮފެޝަނަލް ސްޓޭންޑަރސް" އަށް ހާޒިރު ކުރުމުން ވަރަށް ތަފްސީލުކޮށް ހުރިހާ މައުލޫމާތެއް ހެއްކާއެކު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން އެ ފުލުހުންގެ މީހާއަށް ޕޮލިސް ކަމިޝަނަރ ބިއުރޯ އިން ވެސް ގުޅާ މައުލޫމާތު ސާފުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއީ އަންހެން ފުލުސް މީހާގެ ފަރާތުން މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރުކަން ނޫން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މީގެ ކުރިން ފަހަރެއްގައި ވެސް އެ އަންހެން ފުލުސް އެސްއޯގައި މަސައްކަތްކުރާ ސްޓޭޝަން އިންސްޕެކްޓަ ރޭންކުގެ ފުލުހަކު ވައްދައިގެން އުޅެނިކޮށް ފެނުމުން ހެއްކާއެކު ހުށަހެޅުމުން ވެސް އެކަން ވެސް ބަލާފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭރު އޭނާގެ ފިރިމިހާ ހުރީ އުމުރާގަހެވެ.
މިކަމާ ގުޅިގެން އެ ފިރިހެން މީހާގެ ބަހެއް ހޯދަން މަސައްކަތްކުރުމުން ވެސް އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން އޭނާ ބޭނުމެއް ނުވިއެވެ.
މީގެ ކުރިން ފުލުހުންގެ ފަރާތުން ފެންމަތިވި މިފަދަ ބައެއް މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އަންހެން ފުލުހަކު ކައިވެނީގެ ބޭރުން ބަލި އިން މައްސަލައަކާއި ބަރަހަނާ ފޮޓޯތަކެއް އާންމު ފުލުހަކާއި މެދު ފިޔަވަޅު އަޅާފައިވެއެވެ.