ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 19:31
ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ ކޭން
ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ ކޭން
ގެޓީ އިމޭޖަސް
ހެރީ ކޭން
ކޭން ހޯދުމަށް ބާސާ އިން 200 މިލިއަން ޕައުންޑު ހުށަހަޅަނީ!
ކޭންގެ އެއްބަސްވުން ހަމަވާނީ 2024 ގައި

ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ހެރީ ކޭން ހޯދުމަށް ބާސެލޯނާ އިން 200 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ސްޓާ އިން ބުނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ކޭން ގެންނަން ބާސާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ބާސާ އިން 200 މިލިއަން ޕައުންޑުގެ ބިޑެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ކޭން ހޯދަން 200 މިލިއަން ޕައުންޑު ހުށަހެޅުމާއެކު، އޭނާ ވިއްކާލަން ޓޮޓެންހަމް ފަސްނުޖެހޭނެ އެވެ. އެގޮތުން ބެލެވޭ ގޮތުގައި ޓޮޓެންހަމް އިން އޭނާ ބާސާ އަށް ވިއްކާލާނެ ކަމަށްވެސް ބެލެވެއެވެ.

ކޭން ވަނީ މި އަހަރުގެ ޖޫން މަހު ޓޮޓެންހަމްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. އޭނާ ހޯދުމަށް ބާސާގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓޮޓެންހަމްގައި ކެރިޔަރު ނިންމާލަން ބޭނުންވާ ކަމަށް ކޭން ވަނީ މީގެކުރިން ބުނެފައެވެ. އޭގެ ފަހުން ކޭންގެ ޓްރާންސްފާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ވަރަށް ބޮޑަށް މަޑުވިއެވެ. އެހެންނަމަވެސް ބާސާގެ ޝައުގުވެރިކަމާއެކު އަލުން ވަނީ ކޭންގެ ޓްރާންސްފާގެ ވާހަކަ ގިނަވެފައެވެ.

ޓޮޓެންހަމް އިން 2009 ވަނަ އަހަރު ސީނިއާ ކެރިޔަރު ފެށި ކޭން ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 233 މެޗުގައި 133 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމުގައި ހުރެ ނޯވިޗް ސިޓީ އަދި ލެސްޓާ ސިޓީއަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައިވާ ކޭން ވަނީ ޓޮޓެންހަމްއާއެކު ފުޓުބޯޅަ ލީގް ކަޕްގެ ދެވަނަ އެއްފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ އިންޑިވިޖުއަލް ގިނަ އެވޯޑުތައްވެސް ހާސިލްކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ކޭން ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 35 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް