ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 18:06
ނަބާހާ އަދި ނަބީހާ (މ)
ނަބާހާ އަދި ނަބީހާ (މ)
ފޭސްބުކް
ނަބާހާ - ނަބީހާ
ނޭޕާލުގެ މުބާރާތުން ނަބާހާ އާއި ނަބީހާ ލޯ މެޑަލް ހޯދައިފި
ނަބާހާ އާއި ނަބީހާ ބަލިވީ އިންޑިއާގެ ޕެއާ އަތުން

ނޭޕާލުގައި ކުރިއަށްދިޔަ ޔޮނެކްސް ސަން ރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ލޯ މެޑަލް ހޯދައިފިއެވެ.

ހުކުރު ދުވަހު ނިމުނު މި މުބާރާތުގެ ސެމީ ފައިނަލް މެޗުން ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ ޕެއާ އެއް ކަމަށްވާ އަޕަރްނާ ބާލަން އާއި ސްރުތީ އަތުންނެވެ. މެޗުގެ ސެޓުތައް ސްރުތީ އާއި އަޕަރްނާގެ ޕެއާ އިން ގެންދިޔައީ 09-21 އަދި 11-21 އިންނެވެ.

މިއީ ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަނުން ކަމަށްވާ ނަބާހާ އާއި ނަބީހާ ބައިނަލްއަގްވާމީ މުބާރާތްތަކުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ ގައި ޑަބަލްސް އިވެންޓުން ހާސިލްކުރި ހަތަރު ވަނަ މެޑެއްޔެވެ.

ނޭޕާލްގެ މުބާރާތަށް ފަހު ދެން ރާއްޖޭގެ ކުޅުންތެރިން މި މަހު ވާދަކުރާނީ ބަންގްލަދޭޝްގައި އޮންނަ މުބާރާތުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް