ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 18:17
ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ
ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ
ގެޓީ އިމޭޖަސް
ހޯޒޭ މޮރީނިއޯ
ކްލަބް ދޫކޮށްލަން އެއްވެސް ކުޅުންތެރިޔަކު ނޭދޭ: މޮރީނިއޯ
ޔުނައިޓެޑުގެ ބައެއް ކުޅުންތެރިން އެ ކްލަބު ދޫކޮށްލާނެ ކަމަށް ބެލެވޭ

ކްލަބް ދޫކޮށްލަން އެއްވެސް ކުޅުންތެރިޔަކު އެދިފައިނުވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ނުސްވެރިންނަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ، ކްލަބް ދޫކޮށްލަން އޭނާ ގާތުގައި އެއްވެސް ކުޅުންތެރިޔަކު އެދިފައިނުވާ ކަމަށާއި، ކްލަބުގައިވެސް އެފަދަ ކަމަކަށް ކުޅުންތެރިޔަކު އެދިފައިވާ ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ.

މޮރީނިއޯ މިހެން ބުނެފައިވާއިރު، އެ ކްލަބް ދޫކޮށް ކުރިޔަށ އޮތް ޖެނުއަރީ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ދާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި އެންތޮނީ މާޝިއާލް އާއި އެލެކްސަސް ސަންޗޭޒް އާއި ރޮމެލޫ ލުކާކޫ އަދި އެންޓޯނިއޯ ވެލެންސިއާ ހިމެނެއެވެ.

އެހެންނަމަވެސް މީގެތެރެއިން އެއްވެސް ކުޅުންތެރިޔަކު ކްލަބް ދޫކޮށްލާނެކަން އިއުލާންކޮށްފައެއް ނުވެއެވެ. އަދި ޓްރާންސްފާއާ ގުޅިގެން މާޝިއާލް ފިޔަވާ އެހެން ކުޅުންތެރިޔަކު ޓްރާންސްފާއާ ގުޅިގެން ވާހަކައެއް ނުދައްކައެވެ.

މާޝިއާލް ވަނީ ކްލަބް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް ދާދި ފަހުން ދީފައެވެ. އެގޮތުން ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރި ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވުމަކީ ވަރަށް ކައިރި ކަމެކެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑު ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ޔުނައިޓެޑަށް ވަނީ އަމާޒުވެފައެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކުޅުނު 15 މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމު މޮޅުވީ ހަ މެޗުންނެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު، އެޓީމު އޮތީ 8 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް