ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 12:11
ޔުވަންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރޮނާލްޑޯ (ކ) އެވޯޑާ ހަވާލުވަނީ
ޔުވަންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރޮނާލްޑޯ (ކ) އެވޯޑާ ހަވާލުވަނީ
ޓްވިޓަރ
ކްރިސްޓިއާނޯ ރޮނާލްޑޯ
މިދިޔަ މަހު ޔުވަންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރޮނާލްޑޯ
ރޮނާލްޑޯ ވަނީ މި ސީޒަނުގައި 11 ލަނޑު ޖަހާފައި

ނިމިދިޔަ ނޮވެމްބަރު މަހު ޔުވަންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެއެވެ.

އީއޭ ސްޕޯޓްސް އިން ކަނޑައަޅާފައިވާ މި އެވޯޑް ރޮނާލްޑޯއާ ހަވާލުކޮށްފައިވަނީ އިޓާލިއަން ލީގުގައި އިންޓަ އަތުން 0-1 ގެ ނަތީޖާއިން ޔުވަންޓަސް މޮޅުވި މެޗުގައެވެ.

ރެއާލް ދޫކޮށް މި ސީޒަނުގައި ޔުވަންޓަސްއާ ގުޅުނު ރޮނާލްޑޯ އަށް މި އެވޯޑު ލިބިފައިވާއިރު، އޭނާ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެގޮތުން ރޮނާލްޑޯ ވަނީ މިހާތަނަށް ޔުވަންޓަސް އަށް ކުޅުނު 19 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 10 ލަނޑަކީ އޭނާ އިޓާލިއަން ލީގުގައި ކާމިޔާބުކުރި ލަނޑުތަކެވެ.

ރޮނާލްޑޯ އަކީ އިޓާލިއަން ލީގުގައި ޔުވަންޓަސް އަށް އެންމެ އަވަހަށް 10 ލަނޑު ކާމިޔާބުކުރި ދެވަނަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 14 މެޗުން 10 ލަނޑު ހަމަކޮށްފައެވެ. މި ރެކޯޑު އެންމެ ފުރަތަމަ ހަދާފައިވަނީ 1957 ވަނަ އަހަރުގެ ސީޒަނުގައި ޔުވަންޓަސް އަށް ކުޅުނު ޖޯން ޗާލްސްއެވެ.

މީގެ އިތުރުން އޭނާ ވަނީ ފަސް ލަނޑު ޖެހުމަށް އެހީތެރިވެސްވެދީފައެވެ. އަދި އޭނާ ވަނީ 99 ޝޮޓު ގޯލާ އަމާޒުކޮށް އުފައްދާފައެވެ. ރޮނާލްޑޯގެ ފަހަތުން އެންމެ ގިނަ ޝޮޓް ހަދާފައި ވަނީ ނަޕޯލީގެ ލޮރެންޒޯ އިންސިގްނޭއެވެ. އޭނާ ވަނީ 61 ޝޮޓް އުފައްދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް