ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 18:17
ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް
ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް
ގެޓީ އިމޭޖަސް
އެޑެން ހަޒާޑް
ހަޒާޑް ގެނައުމަށް މަސައްކަތެއް ނުކުރަން: ގާޑިއޯލާ
ހަޒާޑްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް މެންޗެސްޓާ ސިޓީ އަށް ގެނައުމަށް މަސައްކަތް ނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްލޭ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ، ހަޒާޑް ސިޓީއަށް ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް މަސައްކަތް ނުކުރާ ކަމަށެވެ.

ގާޑިއޯލާ ބުނީ، ހަޒާޑް އަކީ ނުރައްކާތެރި ކުޅުންތެރިޔެއް ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށެވެ. އެގޮތުން ހަޒާޑް އަކީ ދަނޑުމަތީގައި ވަރަށް ކޮލިޓީ ކުޅުންތެރިޔެއް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަށްފަހު އޭނާ އެހެން ކްލަބަކަށް ބަދަލުވާނެއެވެ.

ހަޒާޑް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ރެއާލް މެޑްރިޑުންނެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ހަޒާޑް ރެއާލް އަށް ބަދަލުވުމަކީ ވަރަށް ކައިރި ކަމެކެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 317 މެޗުގައި 97 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް