ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 16:49
ގާނޫނީ ވަކީލް އަބުދުﷲ ހަސީން
ގާނޫނީ ވަކީލް އަބުދުﷲ ހަސީން
ސިމާހާ ނަސީމް
އިލެކްޝަންސް ކޮމިޝަން
ހަސީން އުފައްދަން އުޅޭ ޕާޓީއަށް މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހަޅައިފި
އީސީއަށް ފޯމް ހުށަހަޅާފައި ވަނީ ބުރާސްފަތި ދުވަހު

ގާނޫނީ ވަކީލް އަބުދުﷲ ހަސީން އިސްވެ ހުންނަވައި އުފައްދަން މަސައްކަތްކުރި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅައިފިއެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް ބުރާސްފަތި ދުވަހު ކުރައްވަފައިވާ ޓްވީޓްގައި ވަނީ ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރޝިޕް ފޯމް ހަމަކޮށް ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ހަސީނަށް އިލްކެޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީކުރަންޖެހޭ ކަންކަން ކޮށްފައިނުވާތީ، އެ ކޮމިޝަނުން ވަނީ ދެ ވަނަ ފަހަރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީ އެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް