ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 15:03
ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ތެރެއިން
ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ތެރެއިން
ޓްވިޓަރ
އެޓާނީ ޖެނެރަލްގެ އޮފީސް
ވަކީލުންގެ ހުއްދަ ބާޠިލު ނުވާގޮތަށް ޤާނޫނީ ޚިދުމަތުގެ ބިލު ބަދަލުކުރަނީ
ޤާނޫނު ބަދަލުކުރަނީ އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާ ގޮތަށް

އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާނެ ގޮތަށް "ގާނޫނީ ޚިދުމަތުގެ ބިލް" ބަދަލު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނީ ޚިދުމަތުގެ ބިލް މިހާރު އޮތްގޮތުން ބައެއް ވަކީލުން ތިން އަހަރުގެ ތެރޭގައި އަލުން ޑިގްރީއެއް ހާސިލް ނުކޮށްފި ނަމަ، ވަކީލު ކަމުގެ ހުއްދަ ބާތިލުވެއެވެ.

ގާނޫނީ ޚިދުމަތުގެ ބިލަށް ވަރަށް ގިނަ ގާނޫނީ ވަކީލުންނާއި ދީނީ އިލްމުވެރިންގެ ފާޑުކިޔުންވެސް އަމާޒުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ޤާނޫނީ ޚިދުމަތުގެ ބިލާއި ގުޅިގެން ގާނޫނީ ވަކީލުންނާއި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ބަލާފައިވާ ކަމަށެވެ.

އެގޮތުން ޝަކުވާތަކަށް ބެލުމަށްފަހު ސައުދީ އަރަބިއްޔާ އާއި އެނޫންވެސް އިސްލާމީ ގައުމުތަކުގައި ގާނޫނީ ވަކީލުންގެ ކަންކަން ތަންފީޒު ކުރަމުންދާ ގާނޫނުތައް ދިރާސާކޮށް ނިމިފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.

އެހުރިހާ ކަމަކަށް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ "ގާނޫނީ ޚިދުމަތުގެ ބިލް" ފާސްވާއިރު، ހަމައެކަނި ޝަރީޢާ އިސްލާމިއްޔާ ކިޔަވާފައިވާ ފަރާތްތައްވެސް ހިމެނޭގޮތަށް، މިހާރުވެސް ވަކާލާތު ކުރުމުގެ ހުއްދަ އޮތް ފަރާތްތައް، އިތުރުކަމެއް ފުރިހަމަ ކުރުމަކާއ ނުލާ ދެމި އޮންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.

ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭގޮތުން ސަރުކާރުން ހުށަހެޅި ގާނޫނީ ޚިދުމަތުގެ ބިލް އޮތްގޮތުން އެ ބިލް ގާނޫނަކަށް ވުމާ އެކު ވަކީލުން ރެގިއުލޭޓްކޮށް، ބަލަހައްޓާނީ ވަކީލުން އިންތިޚާބުކުރާ ބާރ އެސޯސިއޭޝަނަކުންނެވެ.

ހަމައެކަނި ޝަރީއާ ކިޔަވައިގެން ރާއްޖޭގައި ގިނަ ބަޔަކު ގާނޫނީ ވަކީލުކަން ކުރެ އެވެ. އާންމުކޮށް އިސްލާމިކް ޔުނިވާސިޓީތަކުގައި ކިޔަވައިދެނީ ހަމައެކަނި ޝަރީއާ އެވެ. އެގޮތުން މަދީނާ ފަދަ ގައުމުތަކުން ތައުލީމް ހާސިލް ކޮށްފައިވާ މީހުން ޤާނޫނު ކިޔަވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް