ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ އެމްބީއޭ ކަޕްގައި ދަ ބައުސްގެ މައްޗަށް ޓީރެކްސް ބާސްކެޓް ކްލަބުން ކުރިހޯދައިފި އެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު ދަ ބައުސްއާ ވާދަކޮށް ޓީރެކްސް އިން މެޗު ކާމިޔާބުކުރީ 63-80 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސް އަށް 22 ޕޮއިންޓް ހޯދައިދިން އަހުމަދު ޒަބީރު އެވެ.
މެޗުގައި ދަ ބައުސްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ ނަސީމް އިބްރާހިމް އެވެ. އޭނާ ވަނީ ޓީރެކްސް އަށް 19 ޕޮއިންޓް އެއްކޮށްދީފައެވެ.
މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ 3 ޓީމެވެ.