ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 14:55
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
ސަފީރު އައްޔަންކުރުން
ސަފީރުން އައްޔަން ކުރެއްވުމަށްޓަކައި ކަނޑައެޅުއްވި ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވައިފި
8 ބޭފުޅެއްގެ ނަންފުޅު މަޖިލީހަށްވަނީ ފޮނުއްވާފައި

ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރެއްވުމަށްޓަކައި ކަނޑައެޅުއްވި 8 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ. 

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި 8 ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްފައިވާ ކަމަށެވެ.

ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބޭފުޅުންނަކީ، ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ގ.ފިޔާތޮށިގެ ޙަސަން ޞާބިރު، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ދޫރިހާ، އާއިޝަތު މުހައްމަދުދީދީ، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ދަފްތަރު ނަންބަރު 4336، ޑޮކްޓަރ އަބްދުﷲ މައުޞޫމް، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ސީވީޑް އަހްމަދު ލަޠީފްއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.އަމީނީގެ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މ.ނޫހިރި ތިލްމީޛާ ޙުސައިން، މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.އާޒާދެވާދީ ވިސާމް ޢަލީ، އަދި ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާގެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް