Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2017 | ބުރާސްފަތި 12:47
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ވޯޓުނެގުން އޮތީ ހުކުރު ދުވަހު
އެމްޑީޕީގެ ޗެއާރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވަނީ ހަސަން ލަތީފް އެކަނި

އެމްޑީޕީގެ ޗެއާރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ބައިވެރިވެ، ވޯޓު ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފި އެވެ.

 

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

 

އެމްޑީޕީގެ ޗެއާރޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ހުކުރު ދުވަހު އެވެ. އެ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރު ހަސަން ލަތީފް އެކަންޏެވެ.

 

ހަސަން ލަތީފަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސަޓަރުކަން ކުރައްވާފާއިވާ ބޭފުޅެކެވެ.

 

ހަސަން ލަތީފް ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޗެއާރޕާސަންގެ އިންތިހާބުގެ ކެމްޕެއިންނާއި އެމްޑީޕީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާ ދަތުރުތައް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގެ ހަރަކާތްތައް ވެސް ކުރިއަށް އެބަދެ އެވެ. މަގާމަށް ވަޑައިގަތުމަށް ހަސަން ލަތީފަށް 5،000 މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް