ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 06:14
މާލެއަށް ކުރި ވިއްސާރައިގެ ހާލަތު މިނިސްޓަރު މާރިޔާ، ރައީސް ސޯލިހަށް ތަފްސީލުކޮށްދެއްވަނީ
މާލެއަށް ކުރި ވިއްސާރައިގެ ހާލަތު މިނިސްޓަރު މާރިޔާ، ރައީސް ސޯލިހަށް ތަފްސީލުކޮށްދެއްވަނީ
ރާއްޖެ އެމްވީ
ވާރޭވެހި މާލޭގައި ފެންބޮޑުވުން
މިއީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ތަރައްގީ ގެނައިމަ ޖެހޭ ހާލު: މިނިސްޓަރު މާރިޔާ
ރަނގަޅަށް ޕްލޭންނުކޮށް ތަރައްގީ ގެނެސްފައިވާ ކަމަށް ވިދާޅުވި
ފެން ހިންދުމުގައި ދަތިތައް ދިމާވި ސަބަބު ވިދާޅުވެ ދެއްވި
ރެކޯޑު އަދަދަކަށް މާލެއަށް ވާރޭވެހުނު

މާލޭގައި ފެންބޮޑުވެ، ގެތަކަށް ގެއްލުންވީ ނިމިދިޔަ ސަރުކާރުން "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ތަރައްގީ ގެނައުމުގެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑީޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ)އަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބުދަ ދުވަހު ކުރިއަށް ދިޔަ ގޮތް ބައްލަވާލެއްވުމަށްފަހު "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ ގެނައުމުން ދިމާވާ ދަތިތައް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު، ރިންގު ރޯޑު ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މާލޭގެ ބޭރު މަގު ހަދާފައި ވަނީ އުސްކޮށް ކަމަށާއި ވާރޭ ވެހެން ފެށުމުން ފެން ޖަމާވަމުން ދަނީ ރަށު ތެރެއަށް ކަމަށެވެ. ބޯކޮށް ވާރޭ ވެހެން ފެށުމުން މެކޭނިކަލް ޕަންޕު ބޭނުންކޮށްގެން ވެސް ފެން ހިންދުމުގައި ދަތިތަކެއް ކުރިމަތިވީ އެކަމުގެ ސަބަބުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

"މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު އުސް [މާލޭގެ ބޭރު މަގު]. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރައްވައިފި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ. ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ޕްލޭނިންގެ މައްސަލައެއް. އަމާ ބުނާތީ ފަރަށް ދާހެން ތަރައްގީ ގެނައީމަ މިއަދު ރައްޔިތުންނަށް ޖެހިފައި އޮތް ހާލު."

މާލޭގައި ފެންބޮޑުވުމުން، ލިބުނު ގެއްލުންތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވަނީ-- ފޮޓޯ/ ޓްވިޓާ

ބުދަ ދުވަހު މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު ވަންދެން މާލެށް ކުރި ވިއްސާރައިގައި ރެކޯޑު އަދަދަކަށް މާލެަށް ވަނީ ވާރޭ ވެހިފައެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ލަފާކުރާ ގޮތުގައި ބުދަ ދުވަހު މާލެއަށް 223.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވިއްސާރައިގައި މާލޭގެ 160 ގެެއަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ދިރިނޫޅެވޭ ވަރަށް ގެތަކަށް ފެންވަނުމުގެ ސަބަބުން ދެ ގެއަކުން ވަނީ މީހުން ހުސްކޮށްފައެވެ. އަދި ބައެއް ފިހާރަތަކަށާއި ގުދަންތަކަށާއި ކެފޭތަކަށް ވެސް ފެންވަދެ، އަގުބޮޑެތި މުދާތަކަށް ވަނީ ގެއްލުންވެފައެވެ.

އެންޑީއެމްސީ އިން ބުނީ މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނީ ދެ އާއިލާއެއް ކަމަށާއި ހާލުގައި ޖެހުނު 20 މީހުންނަށް ގެސްޓުހައުސްއަކުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކެއިންބުއިމާއި އެހެނިހެން ހަރަދުތައް ވެސް އެ ސެންޓަރުން ހަމަޖައްސައި ދީފައިވާނެ ކަމަށް އެންޑީއެމްސީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޑިސެންބަރ 2018 | ބުރާސްފަތި 17:52
އަންތަރީސް
މި ނޫހުގައި ލިޔާ ކޮމެންޓް ދަނީ މައްޗަށްކަމެއް އަޑިޔައްކަމެއް ހުޅަނގަށް އިރަށް ކަމެއް އުތުރަށް ދެކުނަށް ކަމެއް, ހަވަޔަށް ފަޒާއަށް ކަމެއް ނޭނގޭ.
6 ޑިސެންބަރ 2018 | ބުރާސްފަތި 08:09
ހަސަނު
ފެން ބޮޑޫވުމުގެ ސަބަބުން މުދަލަށް ލިބުނު ގެއްލުން މިލިއަނުން އުޅޭއިރު އެކަމުގެ މަސްއޫލިއްޔަތު ކޮންމެސް ބަޔަކު ނަގަން ޖެހޭނެ.. މި ކަމަކީ އާދައިގެ ކަމެއްނޫން..
6 ޑިސެންބަރ 2018 | ބުރާސްފަތި 04:54
މަރުމޯލް
We will see what you do in future
6 ޑިސެންބަރ 2018 | ބުރާސްފަތި 04:47
Maakana
Vihsaara vehumakee gudurathee haadhisaatha hingumakee tharah geeaa gulhun oi kameh noo Allah kamakah iradha kurah vaifi nam ekameh vaguthun vaane. Eah vure bunaga allah mai kureh vi mis kithegegaathugai ginabayakah namaadhu kurevey gothah oi bin thalhaa sunnaafathi kurumuge sababun thibaamenge mahchah ai kofaaeh kamugai.
6 ޑިސެންބަރ 2018 | ބުރާސްފަތި 03:37
waheed
alah hadhaa maguthah ameenee magaai eh level eggai nujedheyne. moya vaahaka nudhakka