ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 01:23
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް އުޅަދުތަށް މަގުމަތީގައި އޮޔާ ދަނީ
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް އުޅަދުތަށް މަގުމަތީގައި އޮޔާ ދަނީ
މުހައްމަދު ޝަރުހާން
މާލޭ ފެންބޮޑުވުން
ހާލުގައި ޖެހުނު ދެ އާއިލާ ގެސްޓް ހައުސްއަކަށް ބަދަލުކޮށްފި
ޖުމްލަ 20 މީހުން ވަނީ ބަދަލުކޮށްފައި
ކެއިން ބުއިމުގެ ހަރަދު ވެސް ސަރުކާރުން

މާލޭގައި ފެންބޮޑުވެ، ގެތަކަށް ފެން ވަނުމުގެ ސަބަބުން ހާލުގައި ޖެހުނު ދެ އާއިލާ ވަގުތީ ގޮތުން ގެސްޓް ހައުސްއަކަށް ބަދަލުކޮށްފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓާރު (އެންޑީއެމްސީ) އިން ބުނީ ހާލުގައި ޖެހުނު ދެ އާއިލާ ވެސް ބުދަ ދުވަހު ރޭގެ ވަގުތެއްގައި ގެސްޓްހައުސް ބަދަލުކޮށްފައިވާ ކަމަށެވެ. އެ އާއިލާތަކުގެ ކެއުން ބުއިމުގެ ކަންތައްތައް ވެސް އެ ސެންޓަރުން ހަމަޖައްސާފައިވާ ކަމަށް އެން.ޑީއެމް.ސީ އިން ބުންޏެވެ.

ހާލުގައި ޖެހުނު ދެ އާއިލާގައި ތުއްތު ދެ ކުދިން ވެސް ތިބެއެވެ. އަދި 18 ނުފުރޭ އަށް ކުދިނާއި 10 މީހުން ވެސް އެ ދެ އާއިލާގައި ހިމެނެއެވެ.

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގާވެ އުޅެން ދަތިވާ ވަރަށް ފެން ބޮޑުވެފައިވާއިރު، ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ފިހާރަތަކަށާއި ގެތަކަށް ގެއްލުން ވެސް އަގުބޮޑެތި މުދާތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އޭގެ އިތުރުން ބައެއް މަގުތަކުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް