ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 08:19
މައްޗަންގޯޅީގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
މައްޗަންގޯޅީގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ކުރީގެ ރައީސް ނަޝީދު
މިފަހަރު ރައްޔިތުންގެ މަޖިލީހަށް ވަގުންނެއް ނުހޮވާނެ: ރައީސް ނަޝީދު
ދައުލަތުގެ ހަޒާނާއިން ކުރާ ވައްކަންތައް ރައްޔިތުން ބަލައިނުގަންނާނެ
19 ވަނަ މަޖިލީހަކީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރާނެ މަޖިލީހަކަށްވާނެ
ހުރިހާ ރަށެއްގައި ވެސް ތިލަފަތަށް ވޯޓު ޖައްސެވުމަށް އެދެން

ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގުޅިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަމަށްށާއި، ދެން ރައްޔިތުންގެ މަންދޫބުން ގޮތުގައި ވަގުން އެ މަޖިލީހަށް ނުހޮވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅީމެދު ދާއިރާއަށް ރައީސް ނަޝީދު ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަޒާނާއިން ކުރާ ވައްކަންތައް ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ވަގުން ނުހޮވާނެ ކަމަށެވެ. އަދި ވިދާޅުވީ އިންސާނީ ހައްގުތަކަށް ނުހިތާ މީހުންނާއި، ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ނުކުރާ މީހަކު ވެސް ނުހޮވާނެ ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ ހަމައެކަނި ރައްޔިތުންގެ އެދުންތަކާއި އެއްގޮތަށް މަސައްކަތް ކުރާނެ މަޖިލީހަކަށްވާނެ ކަމަށާއި، ދެން އެ މަޖިލީހުގައި ގޯނި ގޯންޏަށް ފައިސާ އަޅައިގެން ބަހާ ވާހަކައެއްވެސް ނުދައްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް މި އަލިވިލެނީ މުޅިން އާ ގައުމިއްޔަތަކަށް. އަޅުގަނޑުމެން އުންމީދުކުރާ މުޅިން އާ ގައުމިއްޔަތަކަށް. އެގައުމިއްޔަތުގައި ބާރުތައް ވަކިވެ އަދި އެންމެހައި ބާރުތަކަކީ ހަމައެކަނި ކުރާ މަސައްކަތަކީ ރައްޔިތުންގެ ތަރައްގީއަށް ކުރާ މަސައްކަތަކަށްވާ ދައުލަތެއް ބިނާ ކުރުމުގެ މަސައްކަތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މައްޗަންގޮޅީ މެދުދާއިރާގެ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތިލަފަތަށް ވޯޓު ޖައްސެވުމަށް އެދޭ ކަމަށެވެ. ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގުޅިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަމަށާއި، އެމަޖިލީހުގެ މަސައްކަތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 ޑިސެންބަރ 2018 | ބުދަ 08:17
އާސިފް
ރަޢީސްގެ މަގާމުގައި ހުންނަވައިގެން ގައުމުގެ ވެރިން ގެންނަވައި ކައިރީ ބައިތިއްބައިގެން ކެމްޕެއިން ފެއްޓެވުމަކީ އިންސާފެއްނޫން. ޕްރައިމަރީގައި ވާދަކުރާ އަނެއް ކެންޑިޑޭޓްގެ ހައްގަށް އުނިކަން އަންނާނެ. ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވާފަ ޕްރައިމަރީގައި ވާދަކުރައްވާ
5 ޑިސެންބަރ 2018 | ބުދަ 07:58
Moosa
Mi raajjeyge rayyithunge majlis akee vagunge majlis ekeetha eyna e bunanee?