ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 02:42
ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
އެމްއެންޑީއެފް
ރާއްޖެ - ޖަޕާން
ޖަޕާނުން އެހީ ދޭނެ ދާއިރާތަކާބެހޭ ގޮތުން މަޝްވަރާ ކޮށްފި
ޚާއްސަކޮށް މިނިސްޓްރީ އޮފް ޑިފެންސަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވޭ

ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓެރޯ ސެނައުރަ، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާ އެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުމާއި ބެހޭގޮތުންނާއި, ގުޅުން އިތުރަށް ބަދަހިކޮށް ދަމަހައްޓާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުންނާއި، ޚާއްސަގޮތެއްގައި މިނިސްޓްރީ އޮފް ޑިފެންސަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދު އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް