ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 00:03
ރައީސް ސޯލިހުގެ ކެބިނެޓާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ސޯލިހުގެ ކެބިނެޓާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ކޮމަންވެލްތު
ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމަށް ކޮމިޓީން ފާސްކޮށްފި
ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސް ކުރީ އެމްޑީޕީ، ޖޭޕީ، ޕީޕީއެމް އަދި އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން
މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައި

ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން އަންގާރަ ދުވަހުގެރޭ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސް ކުރީ ވެރިކަން ކުރާ ކޯލިޝަން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމާއި އެމްޑީއޭ މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ ނޮވެމްބަރު މަހު 19 ވަނަ ދުވަހު ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމާފައިވާއިރު ކޮމަންވެލްތުގައި ރާއްޖެއަށް ބައިވެރިވެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ. އަދި ކޮމަންވެލްތުގައި ބައިވެރިވުމާއި ގުޅޭގޮތުން ވޯޓަށް އެހުމަށް ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި އެ ޖަމާއަތުން ވަކިވީ 13 އޮކްޓޫބަރު 2016 ގައެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިމަކްރަސީއާ އެއްގޮތަށް ކަންކަން ހިންގުމަށް ބާރުއަޅައި ސިޔާސީ ހައްޔަރިން ދޫކޮށްލުމަށް ކޮމަންވެލްތުން ބާރުއަޅަން ފެށުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް