ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 19:26
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އަންޖު
މަޖިލިސް އިންތިޚާބު 2019
ރައީސް ނަޝީދު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާންކުރައްވައިފި
އެމަނިކުފާނު ވާދަކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާންކުރެއްވީ މިހާރު ކުރިއަށްދާ ކެމްޕެއިން އިވެންޓެއްގައެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7  ވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ވެއްޓުމުން "އެނބުރި އަންނާނެ" ކަމުގެ ވައުދުވެ ވަޑައިގަތް ކަމަށާއި، މިއީ އެނބުރި އައުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވައްކަންކުރާ މަޖިލީހަކަށް ނުވާނެކަމަށެވެ. އަދި ގޯނިގޯންޏަށް ފައިސާ އަޅައިގެން މަޖިލިސް މެމްބަރުން އުފުލާ ވާހަކަ ދެން އޮތް ދައުރުގައި ނީވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ވަގުން ދެން އިންތިޚާބު ނުކުރާނެކަމަށެވެ.

މައްޗަންގޮޅި މެދު ދާއިރާއަކީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް މާލެއިން އަލަށް އުފެދޭ 2 އިންތިޚާބީ ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އިން މަޖިލިސް އިންތިޚާބުގެ 87 ދާއިރާއަށް ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް