ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 19:37
ޚާރިޖީ ވަޒީރު ޝާހިދުވަނީ އެނިންމުމަށް މަރުހަބާ ދަންނަވާފައި
ޚާރިޖީ ވަޒީރު ޝާހިދުވަނީ އެނިންމުމަށް މަރުހަބާ ދަންނަވާފައި
މުހައްމަދު ޝަރުހާން
ރާއްޖެ - އިނގިރޭސިވިލާތް
އިނގިރޭސިވިލާތުގެ އެމްބަސީއެއް މާލޭގައި ހުޅުވަނީ
ާޚާރިޖީ ވަޒީރު ޝާހިދު ވަނީ އެނިންމުމަށް މަރުޙަބާ ވިދާޅުވެފައި

އިނގިރޭސިވިލާތުގެ އެމްބަސީއެއް މާލޭގައި ވަރަށް އަވަހަށް ހުޅުވާނެކަމަށް އިނގިރޭސި ފޮރިންގ ސެކްރެޓަރީ ޖެރެމީ ހަންޓް ވިދާޅުވެއްޖެއެވެ.

ހަންޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރަކު ލައްކައަކަށްވުރެ ގިނަ އިނގިރޭސިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، މާލޭގައި އެމްބަސީއެއް ހުޅުވުމުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ. 

ރާއްޖޭގައި އިނގިރޭސި އެމްބަސީއެއް ހުޅުވަން ނިންމާފައިވަނީ އިނގިރޭސި ޚާރިޖީ ސިޔާސަތު އިތުރަށް ފުޅާކޮށް، އިނގިރޭސި އެމްބަސީތައް އެކި ޤައުމުތަކުގައި ހުޅުވުމަށް އެޤައުމުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިންނެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާން އެންމެ ފަހުގެ މަރުހަލާ ކަޑައްތުކުރަމުންދާއިރު، ދުނިޔޭގެ އެކި ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. 

އިނގިރޭސިވިލާތުގެ ނިންމުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ދަންނަވާފައެވެ. 

ޚާރިޖީ ވަޒީރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ސަރުކާރުގެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ތައުލީމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި މިހާރު ހުންނަ އެމްބަސީއަކީ ކޮޅުނބުގައި ހުންނަ އިނގިރޭސި އެމްބަސީއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް