ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 18:57
ނައިބް ރައީސް ފައިސަލް، އެޗްއައިވީއަށް ޓެސްޓްކުރައްވަނީ
ނައިބް ރައީސް ފައިސަލް، އެޗްއައިވީއަށް ޓެސްޓްކުރައްވަނީ
ރައީސް އޮފީސް
ބައިނަލްއަގްވާމީ އެއިޑްސް ދުވަސް
އެއިޑްސްއަށް ޓެސްޓް ކުރުުމުގެ ކެމްޕެއިންއެއް ފަށައިފި
މި ފަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "ނޯ ޔުއަރ ސްޓޭޓަސް"
ޕްރޮގްރާމް ހިންގަނީ އައިޖީއެމްއެޗް، ޑަބްލިއުއެޗްއޯ، އެޗްޕީއޭ އަދި ޝީ ގުޅިގެން

ބައިނަލްއަގްވާމީ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި އެއިޑްސްއަށް ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރު ކަމުގައިވާ "ނޯ ޔުއަރ ސްޓޭޓަސް" އާއި ގުޅިގެން ފެށި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެއިޑްސް ޖެހިފައިތޯ ނުވަތަ ނޫންތޯ ބެލުމުގެ އިތުރަށް މި ބައްޔަށް އާންމުން ހޭލުންތެރި ކުރުވުން ކަމުގައި އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސާރވިސަސް، ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ. އެއިޑްސް ބަލީގެ ފަރުވާއަށް އެންމެ މުހިންމީ މި ބައްޔާއި ބެހޭ މައުލޫމާތު އިތުރުކުރުން ކަމުގައި ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމް ހިންގަނީ އައިޖީއެމްއެޗްގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޝީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެންނެވެ. ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން އެންމެ ފުރަތަމަ ޓެސްޓް ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެއިޑްސް ބަލި ޖެހިފައިވާ މީހުން މަދު ގައުމެކެވެ. މި ވަގުތު ރާއްޖޭގައި އެއިޑްސް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ފެންނަން އޮތް އަދަދަކީ އެގާރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް