ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 17:18
ބެލޮންޑިއޯ އެވޯޑް ހޯދި މޮޑްރިޗް އޭނާގެ އާއިލާއާއެކު
ބެލޮންޑިއޯ އެވޯޑް ހޯދި މޮޑްރިޗް އޭނާގެ އާއިލާއާއެކު
ޓްވިޓަރ
ބެލޮންޑިއޯ އެވޯޑް
ބެލޮންޑިއޯ އެވޯޑް: ރޮނާލްޑޯ އާއި މެސީ ފަހަތަށް ޖައްސާލުމަށްފަހު މޮޑްރިޗަށް
ދެވަނަ ލިބުނީ ރޮނާލްޑޯ އަށް
ތިންވަނަ ލިބުނީ ގްރިޒްމަން އަށް
ހަތަރުވަނަ ލިބުނީ ގްރިޒްމަން އަށް

ފްރާންސް ފުޓްބޯލް އިން ހޮވާ ބެލޮންޑިއޯ އެވޯޑް ޔުވަންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު ރެއާލް މެޑްރިޑްގެ މިޑްފިލްޑަރު ލޫކަ މޮޑްރިޗް ހޯދައިފިއެވެ.

އެވޯޑް އުފުލާލުމަށްފަހު މޮޑްރިޗް ބުނީ މިއީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މި ޝަރަފު އުފަލާއެކު ގަބޫލުކުރާ ކަމަށެވެ. އަދި މި ކާމިޔާބީއަށް ވާސިލުވުމަށް އެހީވެދިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން މޮޑްރިޗް ބުނީ ބޮޑު ކްލަބަކަށް ކުޅެ އެވޯޑްތައް ހާސިލްކުރުމަކީ ކުޑައިރުއްސުރެ ދެކޭ ހުވަފެނެއް ކަމަށާއި، އެގޮތުން ބެލޮންޑިއޯ ކާމިޔާބުކުރުމަކީވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

މި އަހަރު ރަޝިއާގައި ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކުރި މޮޑްރިޗަށް މި އެވޯޑް ލިބިފައިވާއިރު، މިއީ 2007 ވަނަ އަހަރަށްފަހު މެސީ ނުވަތަ ރޮނާލްޑޯ ފިޔަވައި އެހެން ކުޅުންތެރިޔަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ބެލޮންޑިއޯ އެވޯޑުގެ ދެވަނަ ލިބިފައިވަނީ ރޮނާލްޑޯއަށެވެ. ތިންވަނަ އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން އަށް ލިބުނުއިރު، ހަތަރުވަނަ ލިބުނީ ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭއަށެވެ. އަދި ފަސްވަނަ ލިބުނީ މެސީއަށެވެ.

މި އެވޯޑްގެ ފަސްވަނަ މެސީ އަށް ލިބިފައިވާއިރު، މިއީ ފާއިތުވެދިޔަ 11 އަހަރު ތެރޭގައި މި އެވޯޑުގެ ގަދަ ދެވަނަ އިން އޭނާ އަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
4 ޑިސެންބަރ 2018 | އަންގާރަ 05:37
އައްޑޫ ކޮއްޔާ
ތިންވަނަ އަދި ހަތަރުވަނަ ގްރީޒްމަނަށް. ވަރަށް ސަލާމް