ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 00:07
ރައީސް ނަޝީދާއި ރައީސް ސޯލިޙް
ރައީސް ނަޝީދާއި ރައީސް ސޯލިޙް
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ލީޑަރޝިޕް
ރައީސް ސޯލިޙާއި ރައީސް ނަޝީދުގެ މަޤާމުގެ ފުށުއެރުމެއް ނެތް: އިންތި
އަސާސީ ޤަވާޢިދު ބުނާ ގޮތުން މިވަގުތު ޕާޓީގެ އެންމެ އިސް ބޭފުޅަކީ ރައީސް ސޯލިޙް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ޕާޓީގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެއްވެސް ފުށުއެރުމެއް ނެތްކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ރައީސް ނަޝީދުގެ ބާރެއް މިހާރު ޕާޓީގައި ނެތްކަމަށް އޮންލައިން ނޫސް "މިހާރު"ގައި ލިޔެފައިވާ އާޓިކަލްއެއް ލިންކް ކުރައްވައި އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަސާސީ ޤަވާޢިދާއި އެއްގޮތަށް، އަދި ދެފުށް ފެންނަ ގޮތަށް، ޕާޓީގެ އެކިއެކި ގުނަންތަކުގެ މަޝްވަރާއާއިއެވެސް އެކު ހިންގާ ޕާޓީއެއްކަމަށެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާއާއި ޕާޓީގެ ރައީސާއި ދެބޭފުޅުންގެ ދައުރު އަދާކުރުންވެސް ހިނގަނީ އެގޮތަށް، އެއްވެސް ފުށުއެރުމެއް ނެތި އަސާސީ ޤަވާޢިދާއި އެއްގޮތަށްކަމަށް އިންތި ވިދާޅުވިއެވެ. 

އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އެޕާޓީގެ ބޭފުޅަކު ހުންނެވިނަމަ އެއީ ޕާޓީގެ އެންމެ އިސް މީހާއެވެ. އަދި އިދިކޮޅުގައި އޮންނަ އިރު އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް