ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 20:15
މަދިރި ނައްތާލުމަށް ކެމްޕެއިނެއް ފެށުމުގެ ހަރަކާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރު ބައިވެރިވެވަޑައިގަންނަވަނީ
މަދިރި ނައްތާލުމަށް ކެމްޕެއިނެއް ފެށުމުގެ ހަރަކާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރު ބައިވެރިވެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
މަދިރި މަދުކުރުން
ޑެންގޫ ދަނީ ފެތުރެމުން، ސީރިއަސް ނުވަނިސް މަދިރި މަދުކުރަން ރައްޔިތުންގެ ބައިވެރިވުން ބޭނުންވޭ: ޝާހު
މަދިރި ކޮންޓްރޯލް ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރާނެ

ރާއްޖޭގައި ޑެންގީ ހުން ފެތުރެމުންދާ ކަމަށާއި، އެ ބަލިން ރައްކާތެރިވުމަށް، މަދިރި އުފެދުން މަދުކުރުމަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ޑރ. ޝާހު ޢަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އަދި ޚާއްސަކޮށް މާލެ ސަރަޙައްދުން މަދިރި މަދުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ޑެންގީ ހުން ފެތުރެމުންދާ ކަމަށެވެ. އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލި ސީރިއަސް މިންވަރަކަށް ފެތުރުން ހުއްޓުވުމަށް ރައްޔިތުންނާއި، ކަމާއި ބެހޭ ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާކަން ޝާހު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ވިދާޅުވީ، މި ކަމުގެ މުހިއްމުކަން ޤަބޫލުކޮށް އަލަށް އުފެދުނު ސަރުކާރުން މިފަދަ މަސައްކަތެއް ފެށުމަށް ނިންމި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޝަމާއު ވިދާޅުވީ މާލޭގައި މަދިރި އުފެދުން މަދުކޮށް، ކޮންޓްރޯލް ކުރުމަށް ސިޓީ ކައުންސިލުން ކުރިއަށް އޮތް ތާންގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މަދިރި ނައްތާލުމުގެ ކެމްޕެއިން ފެށުމަށް ހޯމަ ދުވަހު ލޮނުޒިޔާރަތް މަގުގައި ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދު މާތުރާއި، ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި ކަމާއި ގުޅޭ އެކި ދާއިރާތަކުގެ އެހެން ފަރާތްތައްވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ޑރ. ޝާހާއި، ޑރ. އަރްވިންދު ގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރުން ވަނީ އެ ސަރަޙައްދުގެ ކާނު ސާފުކުރުމާއި، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަނަށް ސްޕްރޭ ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް