ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 16:47
ރައީސް ސޯލިޙް އެމްއެންއޭސީއައި.ގެ ބޯޑު މެމްބަރުންނާއިއެކު
ރައީސް ސޯލިޙް އެމްއެންއޭސީއައި.ގެ ބޯޑު މެމްބަރުންނާއިއެކު
ރައީސް އޮފީސް
ރައީސް ސޯލިޙް
އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ލިބޭނެ: ރައީސް
އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ރައީސް ސޯލިހާއި ވަނީ ހިއްސާކޮށްފައި

އިމާރާތްކުރުމުގެ ޞިނާޢަތަށް ދިމާވާ ދަތިތަކާއި މައްސަލަތަކަށް ޙައްލު ހޯދުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި.) ގެ 16 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާއި އެކު ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައި.ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ވަނީ އެމްއެންއޭސީއައި. ގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގަ އާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ކަންކަމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސް ސޯލިޙާ ޙިއްޞާ ކުރައްވާފައެވެ. އަދި ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، ވިޔަފާރިވެރިން ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން އެބޭފުޅުން ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންއޭސީއައި.ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައި ދެއްވާނެ ކަމަށާއި، އެ ބޭފުޅުންގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި މައްސަލަތަކަށް ޙައްލު ހޯދުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލު ކުރެއްވުމުގައި އެމްއެންއޭސީއައި. ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ރަމްޒީ ފިލަ އެއް އަރުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް