ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:10
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ގޫގުލް
ގާނޫނު އަސާސީ
ވެރިކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ހުށަހަޅާފައިވަ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި
ރައީސުލް ޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު

ވެރިކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހަޅުއްވި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ކުރިމަތިނުލެވޭ ގޮތަށް އިސްލާހު އެންމެ ފުރަތަމަ ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. ނަމަވެސް މެމްބަރު ފަލާހު ވަނީ އެ އިސްލާހު އަނބުރާ ގެންދަވާފައެވެ. ވެރިކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް އަނެއްކާވެސް މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އުމުރުން 35 އަހަރުވުމުން ވެރިކަމަށް ކުރިމަތިލެވޭނެ ކަމަށެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު ކަނޑައަޅާފައެއް ނުވެއެވެ.

ގާނޫނުއަސާސީއަށް 2015 ވަނަ އަހަރު ގެނެވުނު އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ޕީޕީއެމުންނެވެ. ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް ގެނައުމަށް، ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ އިސްލާހުގެ ގޮތުގައި، އެ ބިލު މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު 78 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މި އިސްލާހު މިހާރު މިވަނީ ބާޠިލްވެ، ކުރިން އޮތް ގޮތަށް ބަދަލުވެފައެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރުވެފައިވާ މީހަކަށް ވާންޖޭހޭނެ ކަމަށްވަނީ ކަނޑައަޅާފައެވެ .

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް