ކ. މާލެ
|
9 ފެބްރުއަރީ 2017 | ބުރާސްފަތި 00:29
ވީއޭއެމްގެ ކުރީގެ ޖީއެސް ޝާފީ
ވީއޭއެމްގެ ކުރީގެ ޖީއެސް ޝާފީ
ޓްވިޓަރ
ވޮލީބޯލް އެސޯސިއޭޝަން
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
 
ފިރިހެން ވޮލީ ޓީމުގެ ހެޑްކޯޗަކަށް ޝަރަފް ވަނީ ހަމަޖައްސާފަ
 
ވީއޭއެމްގެ ރައީސް އާއި ނައިބްރައީސްއާ ދެމެދު މައްސަލަ ވަނީ އުފެދިފަ
 
ވީއޭއެމްގެގެ އެކްސްކޯ އިން ކާނަލް ވަނީ ވަކިކޮށްފަ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރަކަށް މަޝްހޫރު ފޮޓޯ ގްރާފަރު މުހައްމަދު ޝާފީ ހަމަޖައްސައިފި އެވެ.

މީގެކުރިން ވީއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމުވެސް އަދާކޮށްފައިވާ ޝާފީ އެ މަގާމަށް ހަމަޖެއްސިކަން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްވެސް ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައެވެ.

ޝާފީ އަކީ އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެނޓްރަލް ޒޯން ކޮލިފައިން މުބާރާތް އިންތިޒާމުކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

ވީއޭއެމްގެ އެކި އެކި މަގާމުތަކަށް ދަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖައްސާފައިވާއިރު، އެސިސްޓެންޓެއްގެ ގޮތުގައި މުހައްމަދު ސާޖިދު ވަނީ ހަމަޖައްސާފަ އެވެ.

ވީއޭއެމްގެ އެގްޒެކެޓިވް ކޮމެޓީން މުހައްމަދު ނަޝީދު (ކާނަލް) ވަކިކޮށްފައިވާއިރު، ނައިބްރައީސް އިއްޒަތު އާއި ރައީސް ލަތީފްއާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން އެކްސްކޯގެ ބައްދަލުވުމަކާ ނުލާ ގިނަ ކަންތައްތައް ނިންމާފައިވާކަމަށްވެސް އަޑުތައް ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް މިހުރިހާކަމެއްވެސް ރައީސް ލަތީފް ދޮގުކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް