ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 18:44
ޚާރިޖީ ވަޒީރު ޝާހިދު (ކ) ޝޯކޯ ނޯޑާ (ވ) އާއި ބައްދަލުކުރައްވަނީ
ޚާރިޖީ ވަޒީރު ޝާހިދު (ކ) ޝޯކޯ ނޯޑާ (ވ) އާއި ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ޚާރިޖީ ވަޒީރު ޝާހިދު
ރާއްޖޭގައި ތިއްބަވާ އދގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި
މި ބައްދަލުކުރުމުގައި ޔޫއެންޑީޕީ، ޔުނިސެފް އަދި ޑަބްލިޔު،އެޗްއޯގެ މަންދޫބުން ބައިވެރިވި

ރާއްޖޭގައި ތިއްބަވާ އދގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު ޚާރިޖީ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ، ދުނިގޭ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔު.އެޗް.އޯގެ ފަރާތުން އިސްކޮށް ހުންނަވާ ޑރ. އަރްވިންދް މާތޫރު އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިސް މަންދޫބު މުހައްމަދު އަލް މުނީރު ސަފީލްދީން ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ރާއްޖެ އާއި އދއާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭ ގޮތުން ކަމަށް ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.

އދގެ އިސް ފަރާތްތަކާއި ޚާރިޖީ ވަޒީރު ޝާހިދު ބައްދަލު ކުރައްވައި، ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއިރު، ނިމިދިޔަ ސަރުކާރުގައި ދިވެހިރާއްޖެ އާއި އދއާއި ދެެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދިޔަ ކަންކަމާއި ގުޅޭ ގޮތުން އދގެ އެކި ގުނަވަންތަކުން ނެރެމުން ދިޔަ ބަޔާންތަކަށާއި އެންގުންތަކަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިޔައިރު، ނިމިދިޔަ 5 އަހަރު އދގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ރައީސް ޔާމީން ވަޑައިގެންފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް