ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 18:29
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ފިނޭންސް މިނިސްޓްރީ
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށްވުރެ ބޮޑަށް ވިސްނަމުންދަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ހަދަން: މިނިސްޓަރ އަމީރު
ގައުމީ ތަރައްގީގެ ޕްލޭން ހަ މަސް ދުވަހުން ނިމޭނެ
ރަށު ކައުންސިލްއާ ސިޓީ ކައުންސިލްތައް ބާރުވެރި ކުރުވާނެ

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށްވުރެ ބޮޑަށް ވިސްނަމުންދަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީރު ވިދާޅުވީ ބަޖެޓް ކޮމެޓީގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅޭ ވާހަކަ ވިދާޅުވީ ބޭނުންވާ ސިޔާސަތުތައް ރަނގަޅަށް ހިމެނިފައި ނުވާތީ ކަމަށެވެ.

ނަމަވެސް މިހާރު ބޮޑަށް ވިސްނަމުންދަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަށް ކަމަށާއި، މިޕްލޭނާއެކު ކޮންމެ ރަށަކަށް އެންމެ ބޭނުންވާ ކަންކަން ބަލާނެ ކަމަށެވެ. އަދި މިމަސައްކަތް 6 މަސް ދުވަހުން ނިންމޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"މިމަސައްކަތް ނިމުނީމަ ވިސްނަން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން އެއަށް ރިފްލެކްޓް ކުރާ ގޮތަށް. އެއީ އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް ނޫން އެކަމަކު،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފިސްކަލް ޑީސެންޓްރަލައިޒޭޝަނަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީރު ވިދާޅުވީ އެކި ސަރަހައްދުތަކުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ހެދޭ ފޯމިއުލާއެއްގެ ދަށުން ފައިސާ ދޫކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިކަންތައްތައް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ވެސް ބޭރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ފައިސާ ދޫކުރަމުންދާއިރު އަޅުގަނޑުމެން ވެސް އެދެން މިކުރާ ޚަރަދުގެ ރިޕޯޓު ގަވާއިދުން މިނިސްޓްރީއަށް ކައުންސިލްތަކުން އަޅުގަނޑުމެންނާއި ހިއްސާ ކުރުން. އަދި އޭގެ އިތުރުން އަޅުގަނޑުމެން ސިޓީ ކައުންސިލްތަކަށް މިބަޖެޓްގައި މިހާރު ހިމަނާފައިވާ އަދަދުތައް އިތުރުވެގެންދާނެ މަޖިލީހުގައި ރިކަމަންޑޭޝަން އެބައިން އެއް މަހުގެ ތެރޭގައި އަޅުގަނޑުމެން މުޅި ބަޖެޓް ސްޓްރީމްލައިން ކޮށްގެން އަލުން ރިވައިޒްޑް ބަޖެޓެއް މަޖިލީހަށް ހުށަހަޅަން. ބަޖެޓްގެ މުޅި ނަމްބަރު ބަދަލުވަނީ އެއްނޫން. އަޅުގަނޑުމެން މިހާރު އައު މިނިސްޓްރީ ތަކަށް އުފެދިފައިވުމުން އެމިނިސްޓްރީތަކަށް ބަޖެޓް އެލޮކޭޝަންތައް ހަދާފަ އަޅުގަނޑުމެން ރިވައިޒްޑް ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ރިކޮމަންޑޭޝަނެއް އެބައޮތް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ. 

މިނިސްޓަރ އަމީރު ވިދާޅުވީ ހައުސިންގ މިނިސްޓްރީއާ އަދި އެހެނިހެން މިނިސްޓްރީތަކުގައި ހުރި ބާރުތައް ސިޓީ ކައުންސިލްއާއި، ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާއިރު ރަށްރަށުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް