ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 21:37
ވަގުފް އިމާރަތް - 6 މިލިއަން އަދިވެސް ނުލިބޭކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވޭ
ވަގުފް އިމާރަތް - 6 މިލިއަން އަދިވެސް ނުލިބޭކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވޭ
ސަން އޮންލައިން
އޮޑިޓް ރިޕޯޓު
ވަގުފު އިމާރާތް ކުއްޔަށް ދީފައިވަނީ އެއްބަސްވުމުގެ ކުރިންް، ހަ މިލިއަން އަދިވެސް ނުލިބޭ: އޮޑިޓް ރިޕޯޓް
ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކެއް ވަނީ ބެކްޑޭޓް ކޮށްފައި
ފައިސާ ހޯދަން އެކަށިގެންވާ ފިޔަވަޅު އަޅާފައި ނުވޭ

މިސްކިތްތަކަށް އެހިވާން ހެދި ވަގުފު ބިނާ "ދާރުލް ޢީމާން'' ކުއްޔަށްދީފައި ވަނީ އެއްބަސްވުން ހެދުމުގެ ކުރިން ކަން އިސްލާމިކް މިނިސްޓްރީގެ އޯޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އާދިއްތަ ދުވަހު އޮޑިޓަ ޖެނެރަލް ނެރުނު އިސްލާމިކް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް ވަނީ ދައުލަތުގެ ބަޖެޓުން ޙަރަދުކޮށްގެން ބިނާކޮށްފައިވާ 10 ބުރީގެ ވަގުފް އިމާރާތް (ދާރުލް އީމާން)ގެ ނުވަ ފަންގިފިލާ އެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައި ވަނީ އެ ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ކަމަށެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އައިލެންޑް އޭވިއޭޝަނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއް 25 ޖުލައި 2017 އާ ހަމައަށް އެކުލަވާލެވިފައި ނުވާކަން މިނިސްޓްރީގެ ރިކޯޑުތަކުން ދައްކައެވެ. ނަމަވެސް، ނޮވެމްބަރ 2016 އިން ފެށިގެން ވަގުފް އިމާރާތް އައިލެންޑް އޭވިއޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ކުއްޔަށްދިނުމުގެ އެއްބަސްވުންތަކެއް 25 ޖުލައި 2017 ގެ ފަހުން "ބެކްޑޭޓެއް" ކޮށް މިނިސްޓްރީން އެކުލަވާލަފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.   

މިމައްސަލައިގެ އިތުރުން ދާރުލް އީމާނުގެ 10 ފަންގިފިލާ ތިންފަރާތަށް ކުއްޔަށް ދޫކޮށްފައިވާއިރު އެ ފާރާތްތަކުން ކުލީގެ ގޮތުގައި 2017 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ 10،459،600 (ދިހަ މިލިއަން ހަތަރު ސަތޭކަ ފަންސާސް ނުވަ ހާސް ހަ ސަތޭކަ) ރުފިޔާގެ ތެރެއިން އެއްވެސް އަދަދެއް 2017 ވަނައަހަރުގެ ނިޔަލަށް މިނިސްޓްރީ އަށް ދައްކާފައި ނުވާ ކަންވެސް އޯޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެ ފައިސާ ހޯދަން މިނިސްޓްރީން އެކަށިގެންވާ ފިޔަވަޅެއް އަޅަފައި ނުވާކަން މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ފައިސާއިން ބައެއް، މި އޯޑިޓް ކުރިއަށްދިޔަ ދުވަސްވަރު (އޭޕްރީލް މަހު) އެ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ދައްކާފައިވާ ކަމާއި، އަދި ވެސް އެފަރާތްތަކުން މިނިސްޓްރީ އަށް ދައްކަން ޖެހޭ 6،380،000 (ހަ މިލިއަން ތިންސަތޭކަ އަށްޑިހަ ހާސް) ރުފިޔާ ވާކަން ވެސް އޯޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި ކަންތައްތައް ހިނގާފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު އެ މިނިސްޓްރީ އާއި ހާވާލުވެގެން ހުރި ދުވަސްވަރުއެވެ. އިސްލާމީކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ނެރެފައިވާ އިރު އެ ރިޕޯޓުގައި ހިމެނޭ މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއް ކަމަށް ޒިޔާދުއާ ހަވާލަދީ ޗެނަލް 13 ނިއުސް އިން ރިޕޯޓް ކުރޭއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް