ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 19:54
ރައީސް ސޯލިހާއި އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ
ރައީސް ސޯލިހާއި އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އިންޑިޔާގެ ސަފީރު، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ދާއިރާއިން މަޝްވަރާކުރެއްވި
ކުޅިވަރުގެ ދާއިރާއާއި، ގެދޮރު އިމާރާތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރީޓީ މިޝްރާ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި، އަކިލޭޝް މިޝްރާއާ ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ޞިއްޙީ ދާއިރާ އާއި، ތަޢުލީމީ ދާއިރާ އާއި، ޓެކްނޮލޮޖީގެ ދާއިރާ އާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި، ކުޅިވަރުގެ ދާއިރާ އާއި، ގެދޮރު އިމާރާތްކުރުމާއި، ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ދާއިރާ އިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލު ކުރެއްވުމުގައި އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާ އެކީ ފުރިހަމަކޮށްދިނުމު ގައި، އިންޑިޔާ އިން އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ.

އަދި، އިންޑިޔާގެ ސަފީރުގެ ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި އެކުގައި މަސައްކަތްކުރުމަކީ ރާއްޖެ އާއި އިންޑިޔާގެ ގުޅުމަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންފައިވާ އިރު، މިމަހުގެ 17 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިޙް އިންޑިޔާއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް