ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 21:30
އަލަށް އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލިސް
އަލަށް އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލިސް
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
ރުހުން ދިނުމަށް ފާސްކުރީ މެންބަރުންގެ އިއްތިފާގުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ހޯމަ ދުވަހު ފާސްކޮށްފި އެވެ

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް ސޯލިހުގެ ކެބިނެޓުގައި ބަންޑާރަ ނާއިބާއި 19 ވަޒީރުން ހިމެނޭ ގޮތަށް 20 ބޭފުޅަކު ތިއްބަވައެވެ.

ރައީސް ސޯލިހްގެ ކެބިނެޓަކީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނިގެން ރާއްޖޭގައި އުފެދުނު ކެބިނެޓެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ރައީސް ސޯލިހްގެ ކެބިިނެޓްގައި ތިއްބެވި ވަޒީރުންނަށް ގިނަ ބައެއްގެ ތައުރީފް ވެސް ލިބިގެން ގޮސްފައިވެއެވެ.

ކެބިނެޓް ބަހާލާފައި ވަނީ އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީގެ މެދުގައެވެ. އެގޮތުން އެމްޑީޕީ އަށް ސަރުކާރުގެ 40 ޕަސެންޓް ހަމަޖައްސާފައި ވާއިރު ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ 25 ޕަސެންޓެވެ. ރައީސް މައުމޫންގެ އެމްއާރްއެމް އަށް 20 ޕަސެންޓް ދީފައިވާއިރު، އަދާލަތަށް ދީފައި ވަނީ 15 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް