ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 23:19
މެޗުގެ މޮޅު ކުޅުންތެރިޔާއާގެ މަގާމު ހޯދި ފަތިމަތު ރިޝްމާ (ވ)
މެޗުގެ މޮޅު ކުޅުންތެރިޔާއާގެ މަގާމު ހޯދި ފަތިމަތު ރިޝްމާ (ވ)
ޓްވިޓަރ
ހޭންޑްބޯލް މުބާރާތް
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
އިމިގްރޭޝަނުން މެޗު ކާމިޔާބުކުރީ 2-26 ގެ ނަތީޖާއަކުން

ދެވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގައި ފިނޭންސް މިނިސްޓްރީ ބަލިކޮށް އަންހެން ބައިގެ ފައިނަލުން އިމިގްރޭޝަން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހު ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ސެމީފައިނަލް މެޗު 2-26 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިމިގްރޭޝަނުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ފާތިމަތު ރިޝްމާ އެވެ.

އަންހެން ބައިގެ ފައިނަލުގައި އިމިގްރޭޝަނާ ދެކޮޅަށް ކުޅޭ ޓީމެއް ކަށަވަރު ވާނީ ހުކުރު ދުވަހު ހަވީރު މިނިސްޓްރީ އޮފް ޔޫތާއި އައިޖީއެމްއެޗް ބައްދަލުކުރާ ސެމީ ފައިނަލް މެޗަށް ފަހު އެވެ.

މިއަހަރުގެ މުބާރާތުގައި ފާއިތުވި އަހަރުތަކާއި ހިލާފަށް 12 ޓީމު ބައިވެރިވެފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނާއިރު، މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހު އަންހެން އަދި ފިރިހެން ފައިނަލްވެސް ކުޅޭނެއެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ފިރިހެން ބައިގަ 4 ޓީމާއި، އަންހެން ބައިގަ 8 ޓީމެވެ. މިމުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ޕޮލިސް، އެމްޕީއެލް، މޯލްޑިވްސް ގޭސް އަދި ސްޓެލްކޯ އެވެ. އަންހެން ބައިގަ ބައިވެރިވެފައިވާ ޓީމްތަކަކީ އިމިގްރޭޝަން، ޔޫތް މިނިސްޓްރީ، ފިނޭސް މިނިސްޓްރީ، އައިޖީއެމްއެޗް، ވިލާ އެއާރ، މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް ގޭސް އަދި ޕޮލިސް އެވެ.

 

- ކޮމެންޓް