ފްރެންޗް ލީގުގައި ލޫކަސްގެ ލަނޑުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވިއިރު، މޮނާކޯވެސް މޮޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ލިއްލޭއާ ވާދަކޮށް ޕީއެސްޖީ މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ފުރަތަމަ ހާފްގައި ލިއްލޭ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޕީއެސްޖީން އެޓީމުން ކުރަމުންދިޔަ އެޓޭކްތައް ވަރުގަދަކުރި އެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއްވެސް ތަނަވަސްކޮށް، ލިއްލޭގެ ހާފަށް ބާރުބޮޑުކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޕީއެސްޖީންނެވެ. މި ލަނޑު 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މި ލަނޑަށްފަހުވެސް ޕީއެސްޖީ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ޕީއެސްޖީން ރަނގަޅަށް ކުޅެމުން ދަނިކޮށް ލިއްލޭ އިން ވަނީ މެޗުގެ 86 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނި ނިކޮލަސް އެވެ.
އެހެންނަމަވެސް ޕީއެސްޖީގެ ލޫކަސް ވަނީ އިތުރުވަގުތުގައި ދެވަނަ ފަހަރަށް ޕީއެސްޖީއަށް ލީޑު ނަގައިދީ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކަވާލީ ފޮނުވާލި ބޯޅަ ރީބައުންޑުވެގެން މުޅިން ހުހަށް އޮވެއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު 24 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި އެވެ. މެޗުން ބަލިވި ލިއްލޭ އޮތީ ކުޅުނު 24 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން މޮންޓްޕެލާއާ ވާދަކޮށް މޮނާކޯ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.
މޮންޓްޕެލާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މޮނާކޯ އިންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގްލިކް އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މޮނާކޯ އިން މެޗުގެ ލީޑު ފުޅާކުރީ 20 ވަނަ މިނެޓުގައި ލޮޓިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މޮނާކޯގެ މި ލަނޑާއެކު މޮންޓްޕެލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސިވް ގޭމެއް ކުޅެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތިޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މޮންޓްޕެލާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 47 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހިލްޓަން އެވެ.
މީގެއިތުރުންވެސް މޮންޓްޕެލާ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ނަތީޖާ ހަމަހަމަކުރުމަށްވެސް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު މޮނާކޯ އޮތީ ކުޅުނު 24 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އެވެ. މެޗުން ބަލވި މޮންޓްޕެލާ އޮތީ ކުޅުނު 24 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައި އެވެ.